Skip to main content
Topic Archive

#މޯލްޑިވްސް އިމިގްރޭޝަން

108 Stories filed
ރާއްޖޭގައި އިންޓަޕޯލްގެ ބޮޑު އޮޕަރޭޝަނެއް، 200 އަށް ވުރެ ގިނަ ބިދޭސީން ޗެކްކޮށް ހަތް މީހަކު ހިފަހައްޓައިފި
Raajje

ރާއްޖޭގައި އިންޓަޕޯލްގެ ބޮޑު އޮޕަރޭޝަނެއް، 200 އަށް ވުރެ ގިނަ ބިދޭސީން ޗެކްކޮށް ހަތް މީހަކު ހިފަހައްޓައިފި

އިންޓަޕޯލްއިން ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެއްގައި 200 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، މިއީ އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ “އޮޕަރޭޝަން ސްޓޯމް މޭކަރ 4” ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ. މި އޮޕަރޭޝަނަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ މަގު

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ
Raajje

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާ ޕާސްޕޯޓުގެ ޚިދުމަތް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތަށް އެޅުނު ހުރަހުގެ ސަބަބުން މިހާރު ބެކްލޮގުގަ...

ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް: 507 ބިދޭސީން ބަލައިފާސްކޮށް، 107 މީހަކު އަތުލައިގަނެފި
Raajje

ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް: 507 ބިދޭސީން ބަލައިފާސްކޮށް، 107 މީހަކު އަތުލައިގަނެފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ހިންގައި 500 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިމިގްރޭޝަން ގުޅިގެން ތޮއްޑޫގައި ކުރިއަށްގެންދިޔަ މި ހަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަ...

ސްޓޮކް ދަތިވުމާ ގުޅިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ކުއްލި ބަދަލުތަކެއް ގެނެސްފި
Raajje

ސްޓޮކް ދަތިވުމާ ގުޅިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ލިބުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން، ރާއްޖޭގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން މިރޭ ކުރި އިޢުލާނެއްގައި ބުނީ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ (28 އޮގަސްޓު 2026) އިން ފެށިގެން ކަމަށެވެ. މި ގެނެވުނު ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެ ފ...

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު އަލުން ދޫކުރަން ފަށަނީ
Raajje

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު އަލުން ދޫކުރަން ފަށަނީ

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވެއްޖެއެވެ. އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ “ޕާސްޕޯޓު ބުކްލެޓް” ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނަރަލް ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އ...

ފުޑް ކޯޓުތަކަށް ހާއްސަ އޮޕަރޭޝަނެއް، 27 ބިދޭސީން ހައްޔަރުކުރި
Raajje

ފުޑް ކޯޓުތަކަށް ހާއްސަ އޮޕަރޭޝަނެއް، 27 ބިދޭސީން ހައްޔަރުކުރި

މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީން މޯލްޑިވްސް އިމިޤްރޭޝަނުން އާދީއްތަ ދުވަހު ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އިމިޤްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ. އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ހުޅަނގ...

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
Raajje

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށްޓަކައި “ކަލެކްޝަން ޕޮއިންޓް” ގެ ގޮތުގައި އޭދަފުށީގެ އިތުރުން މިހާރު ދަރަވަންދޫ ވެސް ޚިޔާރުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ދަރަވަންދޫގައި މި ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމ...

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ ދުވަހު 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
Raajje

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ ދުވަހު 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގެ ފުރަތަމަ ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގައި...

ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދޭންފެށި ދެވަނަ ބޭރު ގައުމަކަށް ލަންކާ
News

ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ދޭންފެށި ދެވަނަ ބޭރު ގައުމަކަށް ލަންކާ

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެން...

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ
Raajje

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ކުރަނގި އޮޕަރޭޝަން” ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވި...

ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަގުސަދުގައި، އެ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް މިއަދު ހެނދުނު ރަސްމީކޮށް ހުޅުވައިފިއެވެ. މި އައު އޮފީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން އެވެ. މޯލްޑިވިސް އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު އޮފީސް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި ދެމުންދާ އިމިގްރޭޝަންގެ ޚިދުމަތްތައް މިހާ...

ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި
Raajje

ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

މާލޭގައި އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނަކާއި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފިހާރައެއް ކަމާބެހޭ އިދާރާތަކުން ބަންދުކޮށްފިއެވެ. މި ދެ ތަން ބަންދުކޮށްފައިވަނީ 2026 ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. މި އިންސްޕެކްޝަނުގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައ...

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގައި މޯލްޑިވިސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ރޭ ފަށައިފިއެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި އިމިގްރޭޝަން ހަނިމާދޫ ޕާސްޕޯޓް ކަލެކްޓިންގ ޕޮއިންޓް 17 ޑިސެމްބަރ 2025 ވީ ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ. އެހެންކަމުން ޕާސްޕޯޓުގެ ޚިދުމަތް ހަނިމާދޫ އިމިގްރޭޝަން އޮފީހުން ލިބެމުންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އިމިގްރޭޝަންގެ އޮފީހެއް ގާއިމުކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ތެރެއިން ކައުންސިލުން ވަނީ އިމިގްރޭޝަނަށް އޮފީސް ޖާގަ ހަމަޖައްސައިދީފައެވެ....

ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި
Raajje

ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި ތިން ސްޕާ/ސެލޫން ބަންދުކޮށް އަދި ބިދޭސީން ހިންގަމުން ދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުން...

ހއ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ
Thiladhunmathi News

ހއ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ

ހއ.އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅު ކެލާގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު، ކެލާ ވެގެންދިޔައީ ހއ.އަތޮޅުގައި މި ޚިދުމަތް ލިބޭ ތިންވަނަ ރަށަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެލާގައި ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގަ...