Skip to main content
Topic Archive

#މޯލްޑިވްސް އިމިގްރޭޝަން

108 Stories filed
ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި
Raajje

ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ، ޤަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ހިންގި ކަމެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 4 މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފ...

ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި
Raajje

ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް ހިންގާ 35 ބިދޭސީ ވިޔަފާރިއެއް އިންސްޕެކްޓްކޮށް، އޭގެ ތެރެއިން 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާ...

ސާފު ތާހިރު ކަމެއްނެތި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ސާފު ތާހިރު ކަމެއްނެތި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށް، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރިއިރު، އެތަނުން ގިނަ އަދަދެއްގެ ކުރުނބާ، އަދި ކުރުނބާ ފަނި އަޅަން ތައްޔާރުކޮށްފައި ހުރި ހުސްފުޅިތަކ...

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން
Raajje

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ. އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގ...

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި
Raajje

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކޮށް، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެ...

އިމިގްރޭޝަނުން ބޭއްވި ވޯކިން-އިން ޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
Raajje

އިމިގްރޭޝަނުން ބޭއްވި ވޯކިން-އިން ޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

މޯލްޑިވްސް އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް އިއްޔެ އްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެއްޖެއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ މި އިންޓަވިއުއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެއެވެ. މި މަގާމުތަކަށް ހުޅުވާލާފައިވަނީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ. މި ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 6،500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން […]

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން
Raajje

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން

މިދިޔަ ސެޕްޓެމްބަރު މޯލްޑިވްސް އިމިގްރޭޝަނުން 3884 ޕާސްޕޯޓު ހަދައިދީފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މީގެ ތެރެއިން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން 960 ޕާސްޕޯޓު ވަނީ ހަދައިދީފައެވެ. އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ 18 އޮފީހަކުން ޕާސްޕޯޓު ދޫކޮށްފައިވާއިރު މީގެ ތެރެއިން މިދިޔަ މަހު އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައި ވަނީ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ އިމިގްރޭޝަން އޮފީހުންނ...

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ
Thiladhunmathi News

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯ...

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ބޮޑު ރެއިޑެއް، 463 ތަނެއް ބަލާފާސްކުރި
Raajje

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ބޮޑު ރެއިޑެއް، 463 ތަނެއް ބަލާފާސްކުރި

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޤައުމީ ފެންވަރުގެ އޮޕަރޭޝަންގައި 463 ތަނެއް ބަލާފާސްކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދިޔަ މި ބޮޑު ރެއިޑުގައި ޖުމްލަ 932 ބިދޭސީން ޗެކްކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން އިތުރަށް ފާހަގަކުރިގޮތުގައި، މި އޮޕަ...

މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މަކުނުދޫގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ލިބޭނެއެވެ. ދެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ކުޅުދުއްފުށީ ސިޓީންނެވެ. ރާއްޖޭގެ މީހުން […...

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި
Raajje

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި

ބ. އޭދަފުށީގައި އަލަށް ގާއިމުކުރެވުނު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތާ ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވ...

''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން: އިމިގްރޭޝަން
Raajje

''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން: އިމިގްރޭޝަން

އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. އިމިގްރޭޝަނުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ. ”މި މައްސަލައާއި ގުޅިގެނ...

އިމިގްރޭޝަނުން ކަނޑުއުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމުކޮށްފި
Raajje

އިމިގްރޭޝަނުން ކަނޑުއުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޜަނުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ. އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި އައު ނިޒާމަކީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރ...

"ރަށު މާރުކޭޓު" ރެއިޑުގައި 37 ފަރާތެއް ޗެކްކުރިއިރު، ގަވާއިދާ ހިލާފަށް 15 ބިދޭސީން
Raajje

"ރަށު މާރުކޭޓު" ރެއިޑުގައި 37 ފަރާތެއް ޗެކްކުރިއިރު، ގަވާއިދާ ހިލާފަށް 15 ބިދޭސީން

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ “ރަށު މާރުކޭޓު” ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކުރެވުނު އިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި 10 ފިރިހެނުންނާއި 5 […]

އިމިގްރޭޝަން ވަޒީފާއަށް ކުރިމަތިލި 549 މީހަކު އިމްތިހާނު ހަދައިފި
Raajje

އިމިގްރޭޝަން ވަޒީފާއަށް ކުރިމަތިލި 549 މީހަކު އިމްތިހާނު ހަދައިފި

އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިމްތިހާނުގައި 549 ފަރާތަކުން ބައިވެރިވެއްޖެއެވެ. މި އިމްތިހާނަކީ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނެއް ކަމަށްވާއިރު، މި އިމްތިހާނު ބޭއްވިފައިވަނީ މި މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރެވިގެންދާނެއެވެ. މި […]