ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫއިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު މީހެކެވެ.

Ad
rt

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދ. މީދޫ، ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު މީދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މީދޫ ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅެމުންދާ ކޮޓަރި ވަނީ ބަލައިފާސްކޮށްފައެވެ.

އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. އޭގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އާލާތްތައްވެސް އެ ކޮޓަރި ތެރެއިން ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަނގުރާ އުފައްދައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.