އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ސޮމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ މަސްވެރިކކުރާ ބޯޓެއް އަތުލައިގަނެ، އެ ބޯޓުގައި ތިބި 20 ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

އަރަބި ކަނޑުގައި 48 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގެ ސަލާމަތަށްޓަކައި ހިންގުނު މުހިންމު އޮޕަރޭޝަނެކެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ސޮމާލިއާގެ އައްސޭރި ކައިރީގައި އޮންނަ ބަންދަރު ބެއިލާ އާއި ހާފންއާ ދެމެދުގެ ސަރަޙައްދެއްގައެވެ. ކަނޑުފޭރޭ މީހުންގެ އަމާޒަކަށްވެފައި އޮތީ މި ބޯޓު އަތުލައިގަނެ، ބައިނަލްއަޤްވާމީ ކަނޑުގެ މަގުތަކުގައި ދަތުރުކުރާ އުޅަނދުތަކަށް ޙަމަލާދިނުމަށް ބޭނުންކުރާ ބަރު ހަތިޔާރު އެޅި "މަދަރް ޝިޕެއް" ނުވަތަ މައި ބޯޓެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މުމްބާއީގެ އައްސޭރިފަށުން ގާތްގަނޑަކަށް 3،000 ކިލޯމީޓަރު ދުރުގައި އޮންނަ އަރަބި ކަނޑުގެ ސަރަޙައްދުގައި މި އޮޕަރޭޝަން ހިންގާފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. މި ހައިޖެކް ކުރުމަކީ ސަރަޙައްދުގެ ކަނޑުދަތުރުފަތުރާއި މުދަލު އުފުލާ ބޯޓުތަކަށް ކުރިމަތިވި ބޮޑު ނުރައްކަލެއް ކަމަށް އިންޑިއާގެ ނޭވީން ހާމަކޮށްފައިވެއެވެ.

ހައިޖެކްކުރި އީރާނުގެ ބޯޓު ސަލާމަތްކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން.ހައިޖެކްކުރި އީރާނުގެ ބޯޓު ސަލާމަތްކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން. (އިންޑިއަން ނޭވީ)


މި ޙާލަތާ ގުޅިގެން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަޙައްދުގައި ހަރަކާތެރިވަމުންދިޔަ ހަނގުރާމަވެރިއް ކަމަށްވާ އައި.އެން.އެސް ކޮލްކަތާ މި އޮޕަރޭޝަނަށް ނެރެފައެވެ. އަދި ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރާ ވައިގެ އުޅަނދުތަކުގެ އެހީގައި މި ބޯޓުގެ ހަރަކާތްތައް މޮނިޓަރކޮށް، ބޯޓު އިތުރަށް ދުއްވައިގެން ފިލައިގެން ނުދެވޭނެ ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

މި އޮޕަރޭޝަންގެ އެންމެ ނާޒުކު ވަގުތުގައި، އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ސީ-17 ގްލޯބްމާސްޓަރ މަތިންދާބޯޓު ބޭނުންކޮށްގެން، ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ މެރިން ކޮމާޑޯއިން (މާކޯސް) ވަނީ ވައިގެ މަގުން އެ ސަރަޙައްދަށް ފައިބާފައެވެ. މި ކޮމާޑޯއިންގެ ހުނަރުވެރިކަމާއެކު ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން ނައްތައިލާފައިވާއިރު، ރަހީނުކުރެވުނު އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރެސްކިއު އޮޕަރޭޝަނާ ގުޅިގެން ނިއުދިއްލީގައި ހުންނަ އީރާނުގެ އެމްބަސީން ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ސާދާ ތަޢުރީފެއް ކޮށްފައެވެ. އީރާން އެމްބަސީން އެކްސްގައި ޢާންމުކުރި ބަޔާނެއްގައި، އިންޑިއާގެ އަސްކަރިއްޔާގެ ފެޝަނަލްކަމާއި ހިތްވަރާއި އަދި އެކުވެރިކަން ފާހަގަކޮށްފައިވެއެވެ.

"މި އިންސާނީ އޮޕަރޭޝަނަކީ އީރާނާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަމްޒެއް،" އީރާނުގެ އެމްބަސީން ބުނެފައިވެއެވެ. އަދި މިއީ ބޯޑަރުތައް ފަހަނައަޅައި ގޮސް ފުރާނަތައް ސަލާމަތް ކުރުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އަދަން ކަނޑުގެ ސަރަޙައްދާއި ހުޅަނގު އިންޑިއާ ކަނޑުގައި ސޮމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން އަނެއްކާވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިފަދަ ޢަމަލުތަކުގެ ސަބަބުން މަސްވެރިންނާއި ވިޔަފާރި ބޯޓުތަކުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތވަމުންދާކަން ފާހަގަކުރެވެއެވެ.