އީރާނުން ހޮރްމުޒް ކައިރިން އެމެރިކާގެ އިތުރު ދެ ޑްރޯން ވައްޓާލައިފި
ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމް ރަށުގެ ދެކުނުން ދަތުރުކުރި އެމެރިކާގެ އިތުރު ދެ ޑްރޯނެއް، އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް ބޭނުންކޮށްގެން އީރާނުގެ އަސްކަރިއްޔާއިން ވައްޓާލައިފިއެވެ. މިއާއެކު މިފަހުން އަތުލައިގަތް ޑްރޯންތަކުގެ އަދަދު ހަތަރަކަށް ވަނީ އަރާފައެވެ.