އިސްރާއީލަށް އަދަބުދިބުމަކީ އީރާންގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަމެއް، އެކަން ދެމިގެންދާނެ: އީރާން
އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ދެވަނަ ރާޅަށްފަހު، އިސްރާއީލަށް އަދަބު ދިނުމަކީ އީރާންގެ ޤައުމީ ޢިއްޒަތް އަލުން ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އީރާނުން ބުނެފިއެވެ. ރައްދު ހަމަލާގެ ދެވަނަ ރާޅުގެ ގޮތުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށްފަހު އީރާނު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވިދާޅުވެފައިވަނީ ޒަޔޮނިސްޓް ވެރިކަމުގެ ޓެރަރިސްޓު އަދި އަނިޔާވެރި ޢަމަލުތަކަށް...