International
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 50 މެންބަރަކު ކޯވިޑަށް ޕޮޒިޓިވްވެ، މަޖިލިސް ބަންދުކޮށްފި
އިރާނުގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއި އެކު ފެތުރި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 50 މެންބަރަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެ، މަޖިލިސް ބަންދުކޮށްފިއެވެ. އީރާނުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރި އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ ޤާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެ ތެރެއިން 50 މެންބަރަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައެވެ. ޤާނޫނު ހަދާ މަޖިލީހުން އީރާނުގެ ރަސްމީ ނޫސް އިދާރާއަށް މަޢުލޫމާތުދީފައިވާ ގޮތުގައި ގިނަ މެންބަރުންތަކެއް ޕޮޒިޓިވް ވުމާ...