ނޭކުރެންދޫ ކައުންސިލްގެ ރައީސަކަށް އަލްފާޟިލް ޢަލީ އާދަމް އަދި ނާއިބު ރައީސަކަށް އަލްފާޟިލް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފިއެވެ.
މި ދެބޭފުޅުން މި މަޤާމްތަކަށް އިންތިޚާބުކޮށްފައިވަނީ ކައުންސިލްގެ ރައީސް ކަމުގެ މަޤާމްގައި ހުންނެވި އަލްފާޟިލް އިބްރާހީމް މައޫޒު ކައުންސިލްގެ މަގާމުން އިސްތިއުފާ ދެއްވުމާގުޅިގެން 13 ނޮވެމްބަރ 2019ގައި ބޭއްވި ނޭކުރެންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާގައެވެ.
މިގޮތުން މި ޖަލްސާގައި ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަޤާމަށް ކުރިމަތިލެއްވީ ނާއިބުރައީސްގެ މަޤާމުގައި ހުންނެވި ޢަލީ އާދަމްއެވެ. އަދި ނާއިބު ރައީސް ކަމުގެ މަޤާމްގައި ހުންނެވި ޢަލީ އާދަމް ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން ނާއިބުރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެމަޤާމަށް ކުރިމަތި ލެއްވީ މެމްބަރު މުޙައްމަދު ޒާހިރުއެވެ.
ޢަލީ އާދަމްއަކީ ނޭކުރެންދޫ ކައުންސިލްގެ ދެވަނަދައުރުގައި ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ އަދި 3ވަނަ ދައުރުގެ ނާއިބުރައީސްކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މުޙައްމަދު ޒާހިރުއަކީ ނޭކުރެންދޫ ކައުންސިލްގެ ފުރަތަމަ ދައުރާއި 3ވަނަ ދައުގައި މެމްބަރުކަން ކުރައްވަފައިވާ ބޭފުޅެކެވެ.
ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިބްރާހީމް މައޫޒު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ބަދަލުވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!