ހއ. ދިއްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ރަށުގެ ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ، އެ ކައުންސިލުން އާންމުކޮށްފައިވާ ގޯތި ދޫކުރުމުގެ އުސޫލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Ad
rt

އެގޮތުން، ކައުންސިލުން އާންމުކޮށްފައިވާ އުސޫލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެކަމާ ގުޅިގެން ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ހިމަނާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ޚިޔާލު ހުށަހެޅުމުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުން، ކައުންސިލްގެ ފޭސްބުކް ޕޭޖުގައިވާ ކިޔުއާރް ކޯޑް ސްކޭން ކޮށްގެން ވެސް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އުސޫލަށް ރައްޔިތުން ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ނޮވެމްބަރު 24 ވާ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

އެހެންކަމުން، މި އުސޫލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޯމު މެދުވެރިކޮށް ނުވަތަ ކިޔުއާރް ކޯޑު ބޭނުންކޮށްގެން ޚިޔާލު ފޮނުވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.