ފެނަކައިން ދެމުންދިޔަ ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ރަސްމީކޮށް ސްޓެލްކޯ އިން ހަވާލުވެއްޖެ
ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތް ދޭން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މިހާރު އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ރަސްމީކޮށް ފަށައިގަނެ، ކުރިއަށް ގެންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. ޚިދުމަތާ ހަވާލުވުމަށްފަހ...