ހދ. ކުޅުދުއްފުށީ ސިޓީގައި ކައްކާ ގޭސް ގުދަންކޮށް، ވިއްކުމުގެ މަސައްކަތަށް 2,000 އަކަފޫޓުގެ ބިމެއް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ކައުންސިލުން ވިދާޅުވީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި ބީލަމަށް ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ.

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު "ކުންބުޓި ޕޯޓަލް" މެދުވެރިކޮށް ހުޅުވާލާފައިވާއިރު، ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 30 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 10:30 އެވެ. އަދި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 29 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން bids@kulhudhuffushicity.gov.mv އަށް އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ބީލަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.