ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭ އިންސްޕެކްޝަން ނިމިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އޮފަރޭޝަން ހިންގުނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެންކަމަށާއި، އިންސްޕެކްޝަންގައި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި އިންސްޕެކްޝަންގައި މުވައްޒަފުންނަށް ލިބެން ހުރި ޚިދުމަތްތަކާއި، ވަޒީފާއާއި ބެހޭ ގާނޫނޫގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ހައްގުތަކާއި، ސާރވިސް ޗާރޖުގެ އިތުރުން ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރުވެސް ބަލާފައިވާނެކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
އަދި މީގެ ފަހުން ކޮންމެ އަހަރަކު އެއް ފަހަރު، މި އިންސްޕެކްޝަން ކުރިޔަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!