ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ށ އަތޮޅުގައި 1000 ހައުސިން ޔުނިޓް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިން ޔުނިޓް އަޅާނެ ތަންތަން ކަނޑައަޅާ ނިމުމުން މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ އަމިއްލަ ހުސް ބިމުގައިި ގެ އަޅަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން ފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!