ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް ގެޔަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނުވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ގެއެއްގެ ދެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެ ސަރަހައްދުން މީހުން ހުސްކޮށްފައިވާ ގެއެއްގެ ހަތްވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 10:34 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދުގެ ގެއެއްގެ ހަތް ވަނަ ބުރިން 700 ޑޮލަރު (10،794ރ.) އާއި އެޕަލް ގަޑިއެއްގެ އިތުރުން އެއާޕޮޑެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ގޭގެ އަށް ވަނަ ފަންގިފިލާއިން 37،200ރ. ވަގަށް ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއްގައި ވަނީ ރޯވެފަ އެވެ.