ކޯވިޑް-19 އަށް ތައްޔާރުކުރާ ވެކްސިންތަކުގެ ކްލިނިކަލް ޓްރައަލްތައް ހިމެނޭ އެމެރިކާ ސަރުކާރުގެ ޓޭޓާބޭސްގައި ވާގޮތުން މަޝްހޫރު ޖޯންސަން އެންޑް ޖޯންސަންސް ކުންފުނިން ތައްޔާރުކުރާ ވެކްސިން 60،000 ވޮލެންޓިއަރުންގެ ގަޔަށް ޖަހަން ނިންމާފައިވާކަމަށް ބުނެފިއެވެ.

މިޓެސްޓުތައް ސެޕްޓެމްބަރު މަހު ފަށާނެކަމަށް މައުލޫމާތު ހާމަކޮށްފައިވާއިރު، އޯގަސްޓް 10 ވަނަދުވަހު އެމެރިކާ ސަރުކާރުން ބުނެފައި ވާގޮތުގައި މިޓެސްޓުތައް އެމެރިކާގެ 180 އަވަށެއްގައި ކުރިއަށް ގެންދާނެއެވެ. އޭގެ އިތުރުން ބްރެޒިލް، މެކްސިކޯ ފަދަ ޤަ އުމުތަކުގައިވެސް ޓެސްޓުކުރުން ކުރިއަށް ގެންދާނެއެވެ.

Ad
rt

މިކުންފުންޏާ ވާދަކުރާ ބައެއް ކުންފުނިކަމުގައިވާ މޮޑަރނަރ އަދި ފިޒަރ ކުންފުނިން ވެކްސިންގެ ފަހު ސްޓޭޖްގެ ޓެސްޓުތައް ހެދުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ 30،000 ވޮލެންޓިއަރުންނެވެ.

މީގެ ކުރިން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާފައިވާ ޖޭ އެންޑް ޖޭގެ ޝެއަރގެ އަގު ވަނީ ބުރާސްފަތި ދުވަހު ވޯލްސްޓްރީޓް ޖަރނަލްގައި އެކުންފުނީގެ ޓެސްޓް ވޮލެންޓިއަރުންގެ އަދަދު ހާމަ ކުރުމާއިއެކު އުފުލިފައެވެ.

ދުނިޔޭގައި އަދިމިހާތަނަށް ޓެސްޓްކޮށް އެންމެ ފުރަތަމަ ބޭނުން ކުރަން ހުއްދަ ލިބުނު ކޯވިޑް ވެކްސިންގެ ގޮތުގައި ހިމެނިފައިވަނީ ރަޝިޔާގެ ކޯވިޑް-19 ވެކްސިނެވެ. ރަޝިއާއިން ކޯވިޑާއި ދެކޮޅަށް އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން މިއަދު ވަނީ ރަސްމީކޮށް ޢިއުލާން ކުރަށްވާ ފައިވަނީއޯގަސްޓްމަހުގެ 11 ވަނަދުވަހުއެވެ.