ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފުނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެގޮތުން ފުނަދޫ ކައުންސިލުންވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކު ބޭނުން ކުރުން މަނާ ކޮށްފައެވެ.
އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ފުނަދޫ އައުޓް ޑޯ ޖިމް ބޭނުން ކުރުންވެސް ވަނީ އެރަށު ކައުންސިލުން މަނާ ކޮށްފައެވެ.
އެކައުންސިލުން ވަނީ އެކައުންސިލުން ހިންގާ ކުނި ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން ގޭގެއަށް ކުނި ނަގަންދާ އެކައުންސިލްގެ މުވައްޒަފުން ގޭގޭގެ ދޮރު ހުޅުވައިގެން ކުނި ނުނަގަން ނިންމައި، ގޭގެ ދޮރު ހުޅުވައިގެން ޑަސްބިން ނަގަން ނުޖެހޭގޮތް ހަދައި ދިނުމަށް ރައްޔިތުން ކިބައިން އެދިފައެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ރިސޯޓެއްގެ ދެ މުވައްޒަފަކު އެ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!