ށ. މާއުނގޫދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޯޗިން ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ. މި ކޭމްޕަކީ ދެ ޖިންސުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

މާއުނގޫދޫ ކައުންސިލުން އިންތިޒާމުކުރާ މި ކޭމްޕްގައި އަންހެން އަދި ފިރިހެން ބައިވެރިންނަށް ވެސް ފުރުސަތު އޮތް ނަމަވެސް، ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަކި ޝަރުތެއް ވަނީ ކަނޑައަޅައިފައެވެ.

Ad
rt

އެގޮތުން ކޮންމެ ޖިންސަކަށް ވެސް ވަކިން ސެޝަންތައް ކުރިއަށް ގެންދެވޭނީ، މަދުވެގެން 12 ބައިވެރިން ހަމަވުމުން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މި ތަމްރީނު ކޭމްޕް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޭމްޕުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، މާއުނގޫދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ގޫގުލް ފޯމުގެ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މާއުނގޫދޫ ކައުންސިލުން ބުނީ، މި ކޯޗިން ކޭމްޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 2026 ނޮވެމްބަރު 26 ވާ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ.