ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތާއި ދެމުންގެންދާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވާހަކަފުޅު ދައްކަވައިފިއެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އިއުލާނު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އދ. ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ ރައްޔިތުންނަށާއި، އެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤަށާއި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ލިބިގެންވާ ޙައްޤަށް ދެއްވާ އެއްވެސް ގުޑުމެއްނެތް ސާބިތު ތާއީދުގައި، ރައީސް މުޢިއްޒުގެ އަޑުފުޅާ އެމަނިކުފާނުގެ އަޑުފުޅު އެއްކުރައްވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އައު އަމާޒަކާއި އައު ދިރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެ، އަދި މާނަވީ އައު ހަރުފަތަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"Your visit has given our wonderful relationship new purpose and new momentum. I am absolutely confident that it will take Pakistan-Maldives relations to a stronger, broader and more substantive level.
The same ocean that touches the shores of Karachi and Gwadar embraces the islands of the Maldives. For centuries, its waves have carried traders, scholars and travellers between our lands. Today, they carry the renewed promise of a wonderful friendship whose finest chapters are yet to be written. Let us, therefore, write them together, from here and from there."
~Prime Minister Muhammad Shehbaz Sharif addresses the joint press stakeout after delegation level talks between Pakistan and Maldives
— Government of Pakistan (@GovtofPakistan) October 21, 2026
ދެ ޤައުމުގެ ދެމެދުގައިވާ ގުދުރަތީ އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ކަރާޗީ އަދި ގްވާދަރުގެ އައްސޭރިފަށުގައި ބީހެމުންދާ ކަނޑަކީ ރާއްޖޭގެ ރަށްތައް ވަށައިގެންވާ ކަނޑު ކަމަށެވެ. އަދި އެތައް ޤަރުނެއް ވަންދެން އެ ކަނޑުގެ ރާޅުތަކުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިވެރިންނާއި ޢިލްމުވެރިން އަދި ދަތުރުވެރިން އުފުލާފައިވާ ކަމަށާއި، މިއަދު އެ ރާޅުތައް އުފުލަމުންދަނީ އެންމެ ފުރިހަމަ ބާބުތައް އަދި ލިޔަން އޮތް އެކުވެރިކަމުގެ އައު އަހުދު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ބާބުތައް ދެ ޤައުމު ގުޅިގެން އެކުގައި ލިޔުމަށް ޝެހެބާޒް ޝަރީފް ވަނީ ދަޢުވަތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!