ވޯލްޑް ކަޕްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ އެމެރިކާގެ ލޮސް އެންޖެލެސް ސިޓީއަށް ޝުކުރު އަދާކޮށް، ލޮކަރ ރޫމްގައި ތައުރީފުގެ ނޯޓެއް ދޫކޮށްފައެވެ.

ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު 0-0 އިން އެއްވަރުވިއިރު، އީރާނު ޓީމުން މި ނޯޓު ދޫކޮށްލާފައި މިވަނީ މުބާރާތުގެ ތެރޭގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެ ޓީމަށް ދަތިތަކެއް ކުރިމަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

އީރާނު ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކުރި މި ނޯޓުގައި ބުނެފައިވަނީ، ލޮސް އެންޖެލެސްއިން ދިން މެހެމާންދާރީއަށް ޝުކުރު އަދާކުރާ ކަމަށާއި، އީރާނުގެ ފަހުރުވެރިކަމާއި އަބުރުވެރިކަމާއެކު މުބާރާތުގައި ވާދަކުރަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މެދުގައި ސުލްހައާއި، އިހުތިރާމް އަދި އެކުވެރިކަން ގާއިމުވުމަށް އެދޭކަމަށްވެސް އެ ނޯޓުގައި ލިޔެފައިވެއެވެ. މީގެ އިތުރުން، މި ނޯޓުގައި ހަނގުރާމައިގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ މީނާބް ސިޓީއަށް ނިސްބަތްކޮށް ހޭޝްޓެގްތަކެއްވެސް ބޭނުންކޮށްފައިވެއެވެ.

އީރާނު ޓީމު މެޗަށް ދަތުރު ކުރަނީ

ލޮޖިސްޓިކް ދަތިތަކާއި ބޭއިންސާފު އަމަލުތައް

އީރާނު ޓީމުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވިދާޅުވި ގޮތުގައި، އެމެރިކާގެ އޮތޯރިޓީތަކުން ވަނީ އެ ޓީމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ކުޅުންތެރިންނަށް ދޫކޮށްފައިވަނީ އެންމެ 24 ގަޑިއިރުގެ ޓްރާންސިޓް ވިސާއެއް ކަމުން، ޓީމަށް އެމެރިކާގެ ހޮޓާތަކުގައި މަޑުކުރެވޭކަށް ނެތެވެ. މިކަމުގެ ސަބަބުން ޓީމުގެ ބޭސް ކޭމްޕް މެކްސިކޯގެ ޓިޖުއާނާގައި ގާއިމުކޮށް، ކޮންމެ މެޗެއްގެ ކުރިންނާއި ފަހުން ބޯޑަރު ހުރަސްކޮށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ.

އީރާނު ޓީމުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ބެލްޖިއަމް މެޗަށްފަހު ސަޕޯޓަރުންނާ ކުރިމަތިލައިގެން

މީގެ އިތުރުން، އީރާނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ހިމެނޭހެން އެގާރަ އޮފިޝަލަކަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފައެއް ނުވެއެވެ. ކޯޗު ބުނި ގޮތުގައި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޓީމުގެ ފަރިތަކުރުންތަކަށް ބުރޫއަރައި، މުބާރާތަށް ތައްޔާރުވާން ޖެހުނީ "ހަނގުރާމައިގެ ހާލަތެއްގައި" ކަމަށެވެ.

ދަނޑުމަތީގައި ދެއްކި ހިތްވަރުގަދަ ކުޅުން

މި ހުރިހާ ނަފްސާނީ އަދި ޖިސްމާނީ ގޮންޖެހުންތަކާއެކުވެސް، އީރާނު ޓީމުން ދަނީ ދަނޑުމަތީގައި ތައުރީފު ހައްގު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ މެޗުގައި ނިއުޒީލެންޑާ 2-2 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަރުގަދަ ބެލްޖިއަމް ހިފަހައްޓާލީ ގޯލްކީޕަރު އަލީރެޒާ ބޭރަންވަންޑްގެ މޮޅު ސޭވްތަކާއެކުގައެވެ. މިވަގުތު ގްރޫޕް ޖީގެ ދެވަނައިގައި އޮތް އީރާނަށް މުބާރާތުގެ ކުރިއަށްދިއުމުގެ ފުރުސަތު ބޮޑެވެ.

އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން،

ސިޔާސީ މަސްރަހު ނުތަނަވަސް ނަމަވެސް، އީރާނު ޓީމުން ދެއްކި އަހުލާގީ މިންގަނޑުގެ ސަބަބުން ގިނަ ބައެއްގެ އިހުތިރާމް އެ ޓީމަށް ވަނީ ލިބިފައެވެ. ހާއްސަކޮށް ޓިޖުއާނާ އަދި ލޮސް އެންޖެލެސްގައި ދިރިއުޅޭ މެކްސިކޯގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް މިހާރު އަންނަނީ އީރާނު ޓީމަށް ލިބެމުންނެވެ. އީރާނުގެ ދެން އޮތް މެޗުގައި ސިއެޓްލްގައި ބައްދަލުކުރާނީ މިސްރާއެވެ.