މާލޭގެ ބޮޑުގެ ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

''މަސްޖިދުއްދަޢްވާގެ ބިންގާ'' ނަން ދީފައިވާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

ހެޔޮއެދޭ ފަރާތްތަކުން (މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ) ފަންޑުކުރާ މި މަޝްރޫޢު ހިންގެ ދަށުން 4 ބުރިއަށް އަޅާ މި މިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ.

''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''

8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ.

މި މިސްކިތް ފަރުމާކުރެވިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާވެސް އެކުގައެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ.