12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 2020 ޖަނަވަރީ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރު ކުރެވިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ ތަކަކީ ސީރިއަސްކޮށް ބަލަމުންދާ މައްސަލަ ތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުއްޖާ ގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި މި ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!