ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތުގެ އަދާހަމަ ހާމަކުރަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ.
އެ މަސައްކަތް ނިންމާލައި މިހާރު ކުރަމުން ދަނީ ކެޕިންގ ބީމް އެޅުމުގެ މަސައްކަތް ކަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ.
ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާާ އެވެ.
ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އަދާހަމަ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ކެޕިންގ ބީމް އެޅުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުންނެވެ.@MTCCPlc #mciharbours pic.twitter.com/rTm8Prydhv
— Ministry of Construction and Infrastructure (@MoCImv) October 11, 2024
މި މަޝްރޫއުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 1،985 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 366 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 45.11 މިލިއަން ރުފީޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!