ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނައިބެއްގެ ގޮތުގައި ދައުރު ފުރިހަމަކުރެއްވި ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގެން، ޕާޓީގެ މެންބަރޝިޕް ފޯމު އަރުވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށެވެ.

Ad
rt

ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޟު އިސްމާއީލްގެ އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިސަލް ނައިބު ރައީސް ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެއަށްފަހު ވެރިކަމުގެ ދައުރުގެ ފަހުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ފައިސަލް ވިދާޅުވެފައި ވަނީ އްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހުރުމުން އެންމެން އެކުގައި އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރަނިންމޭޓަކަށް ފައިސަލް ޚިޔާރު ކުރައްވާނެކަމަށް އަޑުފެތުރުނަމަވެސް އެކަން އެހެންނުވުމުން ރިޔާސީ ކެމްޕޭންގައި ފައިސަލް ހުންނެވީ ހިމޭންކަން ޚިޔާރުކުރައްވައިގެންނެވެ.