އާ އަހަރު ފާހަގަކުރުމަށް ބާއްވަން ނިންމި ފެސްޓިވަލް ފަސްކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024’’ ފަސްކޮށްފައިވާ ކަމަށެވެ.
މި ފެސްޓިވަލް ބާއްވަން އެ ވުޒާރާއިން ކުރިން ނިންމީ މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ފެސްޓިވަލަކީ މުޅި ރާއްޖެއިން ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފެސްޓިވަލެއް ކަމަށެވެ. ނަމަވެސް އެ ފެސްޓިވަލް ބާއްވަން މޫސުންތަން ނުދޭކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާތީ މި ފެސްޓިވަލް ފަސްކުރަން ޖެހިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ، މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޚެއް ކަނޑައަޅައި ޢާންމު ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!