ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް، ނާތިފް އަބްދުއްސަލާމް ފެނިއްޖެއެވެ.

އުމުރުން 28 އަހަރުގެ ނާތިފް ގެއްލިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާލެއިންނެވެ.

Ad
rt

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެއިން ފެނިފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމުގެ ފުލުހުން ވަނީ ކުރައްވާފައެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެއްލޭ މައްސަލަ އިތުރު ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް ގެއްލިގެން ހޯދަން އިއުލާނު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނަކަން ފުލުހުން ފާހަގަކުރަައްވައެވެ.