ހއ. މޮޅަދޫ އާއި ޅ. ކުރެންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އިންޖީނުގެތައް ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ.

މޮޅަދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށުގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އާ އިންޖީނުގެއިން ހިސުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:28 އިން ފެށިގެންނެވެ.

Ad
rt

ޅ. ކުރެންދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ އެ ރަށުގެ 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އެ ރަށުގައި ވެސް އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 4:57 ގައެވެ.

މިއާއެކު މިހާރު މޮޅަދޫ އާއި ކުރެންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ރަށްރަށުގައި ކުރިން ހަދާފައި ހުރި އިންޖީނުގެތަކަކީ ޖާގަ ކުޑަ އަދި އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަދާފައިވާ އިންޖީނުގެތަކެކެވެ. އެހެންވެ ޖާގަ ބޮަޑުކޮށް އާއްމުންނަށް ދަތިނުވާ ހިސާބުތަކަށް އިންޖީނުގެތައް ބަދަލު ކުރުނަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.