Skip to main content
Topic Archive

#ރުހެވޭނީ ކޮންހިތަކުން؟

45 Stories filed
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (ފަހުބައި)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (ފަހުބައި)

“ޖުމާ ޝާހުދެކެ ލޯބިވޭތަ؟” މާހިލް އެހިއެވެ. ޖަވާބެއް ދޭން ޖުމާއަށް އުނދަގޫވިއެވެ. އެވަގުތު އޭނާއަށްވެސް އެސުވާލު ހިތުގައި ތަކުރާރު ކޮށްލެވުނެވެ. “ލޯބި؟ އޭނަ އަހަންނަށް އެހާ ކެއަރ ކުރާތީ އަހަންނަށް ހީވޭ މިހާރު ޝާހު ދެކެ ލޯބި ވެވޭ ހެން.” ޖުމާ ބުންޏެވެ. މާހިލްއަށް ހިނިތުން ވެ ލެވުނެވެ. ” ޖުމާ، ތިހެން ތިކަން އޮތަސް، އެރޭ ޖުމާ ފެނުނު ފަހުން އަހަންނަށް އެބަ އުނދަގޫވޭ، އަހަރެމެންގެ ދަރިފުޅާމެދު ވެސް ވިސްނޭ، ހިތަށް އަރަނީ ޖުމާ އަހަންނަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (47)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (47)

ކުރީގެ އަދަދާ ގުޅޭ: ” މަންމަމެން ޤަބޫލު ނުކުރިޔަސް ހަގީގަތް ހާމަ ކުރަން އެބަ ޖެހޭ… ޖުމާ އެދުވަހު މާހިލްގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ނޫން މަންމާ! އެއީ ތެދު. މިއަދު މާހިލް ޒާރާ ގާތު ވެސް އެކަމަށް އެބަ އެއްބަސް ވޭ.” އަސަރާއެކު މާހިލް ބުނެލިއެވެ. އެއާއެކު ކަފީލާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ޒާރާގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. ޒާރާއަށް އިސްޖަހާލެވުނެވެ. “އަހަންނަށް ހިއެއް ނުވެ ތިއީ ތެދެއް ހެންނެއް. […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (46)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (46)

ކުރީގެ އަދަދާ ގުޅޭ: ” ކިހިނެއްވީ؟ އަހަރެންގެ އަތުން ކާލަބަ” ނުހަނު ލޯތްބާއެކު ޒޯޔާ ބުންޏެވެ. ވަގުތަކީ ޒާރާ އައިސް ދޮރު ހުޅުވާލި ވަގުތެވެ. ސިހިފައި ޒޯޔާގެ އިތުރުން މުއާޒަށްވެސް ބަލައިލެވުނީ ޒާރާގެ މޫނަށެވެ. މުއާޒްއާ ދާދި ގާތުގައި ހުރި ޒޯޔާއަށް ބަލަމުން ޒާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. “ޒާ؟” ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މުއާޒް ޒާރާއަށް ގޮވާލިއެވެ. “ކިހިނެއްވީ؟ އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ މިހުރީ ކާކު؟” ގަދަކަމުން ހިނިތުންވެލަމުން ޒާރާ ވާހަކަ ދެއްކިއެވެ. […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (45)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (45)

ކުރީގެ ޢަދަދާ ގުޅޭ: ނަމަވެސް ކަންތައް ކުރަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޒާރާގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގުނެވެ. ދުލުން ބޭރުކޮށްލާނެ އެއްވެސް ލަފްޒެއް ހިތަކަށް ނައެވެ. ” ދޮންތާ! ދެން އެއްޗެއް ކިޔާނެ ކަމެއް. އަހަރެމެންނަށް އޮތީ މިގޮތް. ޝުކުރުވެރިވެލުން ނޫން ގޮތެއް ނެތް. ހުރިހާވެސް ބޭޒާރެއްވާނީ ހަމަ އަހަންނެއްނު” ދެރަވެލާފައި ޖުމާ ބުންޏެވެ. މާޔޫސީ ނަޒަރަކުން ޒާރާގެ މޫނަށް އޭނާ ބަލައިލިތަން ފެނި މާހިލްގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. ކުއްވެރިއެއްކަން […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (44)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (44)

ކުރީގެ ޢަދަދާ ގުޅޭ: ” އެހާ ރައްޓެއްސެއް ނުވާނެ” ޖުމާ އެހެން ބުނެލުމުން މާހިލް ޖުމާގެ މޫނަށް ބަލައިލީ އަސަރާއެކުގައެވެ. އެ މޫނުމަތީގައި ކޮންމެވެސް އުނދަގޫ ޝުއޫރުތަކެއް ހުރިކަން ޖުމާއަށް ފާހަގަ ކުރެވުނެވެ. ” އެހެންވިޔަސް ދެން ގައިމުވެސް އެންމެން މިވީ އެއް އާއިލާއަކަށްނު” ލަމްހާ އަވަސް އަވަހަށް ބުންޏެވެ. ތަފާތު ވާހަކަ ތަކުގައި ލަމްހާ މަޖާކުރަމުން ދިޔައިރުގައިވެސް ޖުމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މާހިލްވެސް އިނީ އެފަދަ ޙާލަތެއްގައިކަން ޖުމާއަށް އިޙްސާސް ކުރެވުނެވެ. ” އަހަރެން […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (43)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (43)

ކުރީގެ ޢަދަދާ ގުޅޭ: ” ދެން ދޭ އަވަހަށް ބަތްގަނޑު ހަދަން! ލަމްގެ ބޯއީ އަންނަން ވާއިރަށް އަހަރެމެންވެސް ޖެހޭނެ މަރުހަބާ ކިޔަން ރެޑީ ވާން” މަޑުމަޑުން ތެދުވަމުން ޖުމާ ބުނެލިއެވެ. އެއާއެކު ލަމްހާއަށްވެސް ހެވުނެވެ. *** މުއާޒް ގެއަށް އައިސް ވަނުމާއެކު އެންމެ ފުރަތަމަވެސް ބައްދަލްވީ އޭނާގެ މަންމަ ކަފީލާއާއެވެ. ކަފީލާގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތަކުން ރޭގައި ކަންތައް ވީ ގޮތް އޭނާއަށް އެނގިއްޖެކަން މުއާޒަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން މަންމަގެ ކުރިމަތީގައި މަޑުކުރާކަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (42)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (42)

ކުރީގެ ޢަދަދާ ގުޅޭ: ” ޖުމާ؟ ޕްރެގްތަ؟ އެހެން ނުވާނެ! އޭނަ ނުބުނެ މީހަކާ އިންވާހަކައެއް” ހައިރާންކަމާއެކު ލަމްހާ ބުންޏެވެ. ” މީހަކާ ނީނދެޔޭ! ” ” ވަޓް؟ ” ތުންފަތުގައި އިނގިލި ޖައްސާލަމުން ލަމްހާއަށް ބުނެވުނެވެ. ލަމްހާގެ މޫނުމައްޗަށް އަރައިގަތް ކުލަވަރު ބަލަން ޝާހު އިނެވެ. ” ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟ ” ދެބުމަ ހިއްލާލަމުން ޝާހު ސުވާލު ކުރި އިރުގައިވެސް ލަމްހާއަށް އިނދެވުނީ ހައިރާންކަންމަތީއެވެ. ” ހިތްހަމަ؟ ކިހިނެއް ހިތްހަމަ ޖެހޭނީ؟ އަހަންނާއެކު އެހާ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (41)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (41)

ކުރީގެ އަދަދާގުޅޭ: ” އެ އަންހެން ކުއްޖަކަށްޓަކައި ތިހާ ވަފާތެރިވެވޭނީ މަދު ދުވަސްކޮޅަކަށް… އޭނާގެ އަތުން އަހަރެން މުއާ ޖަހައިގަންނާނަން” ޒޯޔާއަށް ހިތާހިތާ ބުނެވުނެވެ. އޭރު މުއާޒްވެސް އޭނާގެ ފަހަތުން އާދެއެވެ. *** ލަމްހާގެ ކޮޓަރިއަށް ޖުމާ ގޮސް ވަތް އިރު ލަމްހާ ހުރީ ޑްރެސިންގޓޭބަލް ކުރިމަތީގައެވެ. އޭރު އޭނާ ހީވަނީ ފޮޅެމުންދާ ފިނިފެން މަލެއް ހެންނެވެ. އެނދުގައި އިށީނދެލަމުން ޖުމާ ހިނިތުންވެފައި ލަމްހާއަށް ބަލަން ފެށިއެވެ. ” ޖުމާ މިހާރު މާ ގިނައިން ކަނީތަ؟ އަހަންނަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (40)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (40)

ކުރީގެ އަދަދާގުޅޭ: ” އަންނާށޭ ބުންޏަސް ޒާއަށް އާދެވޭނެތަ؟ ” ފަރުވާކުޑަ ރާގަކަށް މުއާޒް އެހެން ބުނުމުން ޒާރާގެ ދޫ ބަންދުވީ ކަހަލައެވެ. ތެދެކެވެ. ޖުމާ އެކަނި ކޮށްފައި އޭނާއަކަށް ނުދެވޭނެއެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ޒާރާ ވާހަކަ ދައްކަން ފެށިއެވެ. ” އާނ! ނުދެވޭނެ… އެކަމަކު ޖުމާ ވިހާ ގަދަވީމަ އަހަރެން ދާނަން މުއާ ގާތަށް” ޒާރާ އެހެން ބުނުމުން މުއާޒް ކުރު ގޮތަކަށް ހީލި އަޑު ޒާރާއަށް އިވުނެވެ. ޒާރާގެ ހިތަށް ތަދުވި […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (39)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (39)

ކުރީގެ އަދަދާއިގުޅޭ، “ކީއްވެ ތިހެން ތިބުނީ؟” ޒާރާ ސުވާލު ކުރިއެވެ. އެއާއެކު ޖުމާ ހިނިތުންވެލަމުން ލޯތްބާއެކު ޒާރާގެ މޫނަށް ބަލައިލިއެވެ. ” އަހަންނަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނޭ! އަހަންނަށްޓަކައި ދޮންތަގެ ދިރިއުޅުން ހަލާކުވެ ހިނގައިދާނެތީ އަހަރެންވެސް ވިސްނަމޭ! ” ” އަހަރެން ޖުމާއާ ދިމާލަށް އެހެން ބުނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެންނެއް ނޫން! އަނެއްކާވެސް ފިރެހެނެއްގެ މަޅީޣައި ޖެހިދާނެތީ އަހަރެން ބިރުގަތީ.. އެކަމަކު ޖުމާ ތިއުޅެނީ އެކަންތައް ބޮޑު ކަމަކަށް ހަދައިގެންތަ؟” ޒާރާ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (38)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (38)

ކުރީގެ އަދަދާއިގުޅޭ، ” މީހަކަށް ކުރެވުނު އިތުބާރަކަށް އަހަންނަށް ހެދުނު ގޯހެއް” ޖުމާގެ އަޑު އިވުމާއެކު ޝާހުއަށްވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު ޖުމާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. ޖުމާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ޝާހުއަށް އިސްޖަހާލެވުނީ ގަދަކަމުން ހިނިތުންވަމުންނެވެ. ޝާހު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޖުމާ ހުރީ ހިތުގައި އަތް އަޅައިގެންނެވެ. އޭރުވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދެއެވެ. ” މިއީ ޙަޤީޤަތެއް! ” ޖުމާގެ އަސަރުގަދަ އަޑު […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (37)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (37)

ކުރީގެ ޢަދަދާ ގުޅޭ: ” އަޅުގަނޑު މިދަނީއޭ.. މަންމަ މަޑުކުރޭ” މުއާޒްގެ ޖުމްލައިން ކަފީލާއަށް ވަގުވަގަށް ހިނިތުންވެވުނެވެ. ” ޒޯޔާގެ ފޮށިވެސް ސައިކަލުގައި ގެނެވޭނެތަ؟ ” މަންމަގެ ޖުމްލަ އަޑު އިވުމާއެކު މުއާޒް ބޯޖަހާލުމަށްފަހު ހިނގައިގަތެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ، ދުއްވާލި އިރުގައިވެސް އޭނާގެ ސިކުނޑިއޮތީ މުޅިން ނުތަނަވަސްވެފައެވެ. ބަނދަރާ ދިމާލަށް ސައިކަލްގެ މިސްރާބު ބަދަލުކޮށްލުމާއެކު މީހުންތައް ލޯންޗުން ފައިބަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. އެހެންކަމުން ދުރުގައި ސައިކަލް ބެހެއްޓުމަށްފަހު...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (36)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (36)

ކުރީގެ ޢަދަދާ ގުޅޭ: ދެލޯ ބޮޑުކޮށްލުމަށްފަހު ޖުމާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އިރުކޮޅެއް ވަންދެން އެފަދައިން ބަލަހައްޓައިގެން ހުރެ ޖުމާ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ. ކަންތައް ކުރެވުނު ގޮތުން ޝާހުގެ ހިތް އޭރުވެސް ލަދުން ތެޅިފޮޅެނީއެވެ. *** ނަޖީބުގެއަށް އައި އިރު ކަފީލާ އޮތީ ކޮންމެވެސް ފިކުރެއްގައެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮތް އިރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުންދާތަން ނަޖީބަށް ފެނުނެވެ. އެހެންކަމުން ނަޖީބު އެންމެ އިސްކަމެއްގެ ގޮތުގައި ކަފީލާއާ ވާހަކަ ދައްކަ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (34)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (34)

ކުރީގެ ޢަދަދާ ގުޅޭ: ” ނޫނޭ ނޫނޭ! ދެން މާ ނޫން ކަމަށް ހެދޭނެ ކަމެއް ނެތް… އޮފީހުން އަންނަން ވާއިރަށް އޭނަ މިގޭގައި ބައިންދާނީ.. ދެން ފްރެންޑް ވެގެން… ލޯބި ވެގެން.. ކައިވެންޏަކާ ހަމައަށް ދިޔައީމަ އަހަންނަށް އަގު ދޭންވާނެ” ލަމްހާ ވާހަކަ ދައްކާ ނިމުމާއެކު ޝާހު ލަމްހާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ” ލާނެތް ކުއްޖާގަނޑު” ލަމްހާ ދުރަށް ދުއްވައިގަތުމުން ޝާހަށް ބުނެވުނެވެ. *** މުއާޒް ފިހާރައިން އަންނާނެ އިރަކަށް މާހިލް ދިޔައީ އިންތިޒާރު […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (31)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (31)

ކުރީގެ ޢަދާދާ ގުޅޭ: ” އަހަރެން ހިއެއް ނުކުރަން ޒާ ތިހާ ރަހުމު ކުޑަވާނެކަމަކަށް! ޒާގެ ކިބައިގައިވާ މައުސޫމުކަމާ ނިޔަނެތިކަމުގެ ފަހަތުގައިވަނީ އަނިޔާވެރިކަން ކަމެއްވެސް ކުރިން އަހަންނަކަށް ނޭނގެ! އަހަރެންދެކެ ކިތަންމެ ރުޅި އަޔަސް އަހަރެމެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަރެން ދެން ކިހިނެއް ޒާ ބަލައިގަންނާނީ؟” އަސަރާއެކު މުއާޒް ދައްކަމުންދާ ވާހަކަތަކުން ޒާރާއަށް ދެލޯ ކުޑަށްކޮށްލެވުނެވެ. އަދި ދެބުމަ ކައިރިކޮށްލަމުން ސުވާލުގެ ނަޒަރަކުން މުއާޒަށް ބަލަން ފެށުނެވެ. މަންޒަރު ބަލަން ދުރުގައި ހުރި ޖުމާ އަވަ...