ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (15)
ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލައިން މާހިލަށް ފުންމައިގެން ތެދުވެވުނެވެ. ވެއްޓެން މިއުޅޭ އަނދަވަޅުގެ ފުންމިނާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ދަންވަރު ވަގުތު ރީނާއާ ބައްދަލްކުރަން ހޮސްޕިޓަލަށް ގޮސްފިނަމަ، މާދަމާ އެ ޚަބަރު މަންމައަށް ލިބޭނެކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެއާއެކު މާހިލަށް ހަދާނެގޮތް ހުސްވިފަދައެވެ. ” މިވަގުތު؟” ” ހޫމް.. ކިހިނެއްވީ؟ ރީނާ ހިތްހަމަ ޖައްސާލަން މާހިލް މިކޮޅަށް އައްޔާ ރަނގަޅުވާނީ!” ރުޝްދީ ބުނެލިއެވެ. އެއާއެކު މާހިލްގެ ސިކުނޑިއަށް ނުހަނު ބަރުހެލިކަން އިޙްސާސް ކުރ...