Skip to main content
Topic Archive

#ރުހެވޭނީ ކޮންހިތަކުން؟

45 Stories filed
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (30)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (30)

ކުރީގެ ޢަދަދާއި ގުޅޭ: ” އަހަރެން ބަނޑުބޮޑު ޙާލުގައި އެކަނި އުޅެން ދޫކޮށްލީއެއްނު! އޭނަ އަހަރެމެންދެކެ ލޯބިވާނަމަ އެދަރިފުޅަށްޓަކައިނަމަވެސް މުއާ އަހަންނާއެކު އެދުވަހު އައީސްދޯ! އެކަމަކު މުއާއަށް މުޙިއްމުވީ އާއިލާ! މިހާރު އެދަރިފުޅުވެސް އެ ދިޔައީ! ދެން؟ ބުނުމުގެ ބޭނުމެއް އެބަ އޮތްތަ؟ ” ރޮއިގަންނަމުން ޒާރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޖުމާއަށް އިސްޖަހާލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. *** ” އަހަރެން ބޭނުމެއް ނޫން އެ ރީނާއަކާ އިންނާކަށް” ބާރުބާރަށް އައިސް ގެއަށް ވަތް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (29)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (29)

ކުރީގެ ޢަދަދާއި ގުޅޭ: ” ދަރިފުޅު އެންމެ ރަނގަޅު ޒާރާ ބަލައި ދިޔަޔަސް.. އެކަމަކު އޭނަ މިގެއަށް އަންނަންވާނީ ހިތުން ރުހުމުން ސާފު ހިތަކައިގެން! ޖުމާ ގެންނަން ނަހަދާތި” ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު އޭނާގެ ނިންމުން އިއްވިއެވެ. ބަހެއް ބުނުމެއްނެތި މުއާޒް އިނީ ފުން ވިސްނުމެއްގައެވެ. ޒާރާއާމެދު މަންމައާއި ބައްޕަގެ ހިތުގައި އޮތް ޝަކުވާ އެނގުމުން މުއާޒް މުޅިން މާޔޫސް ވެއްޖެއެވެ. އޭރު އޭނާ އިނީ ވިސްނަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް ނޭނގިފައެވެ. […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (28)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (28)

ކުރީގެ ޢަދަދާއި ގުޅޭ: ” ވާހިދުގެ މޫނު ދެކެން އެތަނަށް ދިޔައްޔާ މުޅި ރަށުގައި ކަލޭ ބަދުނާމުކޮށް ފަޟީޙަތް ކުރާނަން!  ” އާރިފާގެ ޖުމްލައިން ޖުމާގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭރު ޖުމާއަށް ބެލުމެއްނެތި ޒާރާ ގޮސް އެމްބިއުލާންސަށް އަރައިފިއެވެ. ލުތްކެއް ޖަހާފައި އާރިފާ ޖުމާގެ އަތުން ދޫކޮށްލުމާއެކު ޖުމާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އަދި ދެލޮލުން އޮހޮރެމުންދާ ކަރުނަތަކާއެކު އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ދުރުގައި އޮތް އެމްބިއުލާންސަށެވެ. *** ” ބައްޕަގެ މޫނު ދެކިލަން […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (27)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (27)

ކުރީގެ ޢަދަދާ ގުޅޭ މުއާޒަށް އިވޭވަރަށް ކަފީލާ އެހެން ބުނުމާއެކު ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ. ހިތްހަމަ ނުޖެހޭ ގޮތަކަށް ކަފީލާގެ މޫނަށް ބަލައިލުމަށްފަހު ޖުމާގެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތީ މުއާޒަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ޒާރާ ވަތްއިރު ދަބަހަށް އެއްޗެހި އަޅައިގެން ޖުމާ އިނީ އެނދުމަތީއެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުން ޒާރާއަށް އިރުކޮޅަކު ހުރެވުނީއެވެ. ޒާރާ ފެނުމާއެކު ޖުމާ ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ދެލޯހުރީ ރޮއިރޮއި ދުޅަވެފައެވެ. މޫނުމަތިވަނީ މިލާމޯޅިވެފައެވެ. އަދި އިތުރަ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (26)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (26)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެންގެ ކޮއްކޮވެސް އަހަންނަށް ދޮގެއް ނަހަދާނެ!” އެހެން ބުނެލުމަށްފަހު މުއާޒް އިތުރަށް މަޑުނުކޮށް ދޮރާ ދިމާލަށް ހިނގައިގަތެވެ. މުއާޒްގެ ޖުމްލައިން ޒާރާއަށް ލިބުނީ ވޭނީ ސިހުމެކެވެ. ހިތްހަމަ ނުޖެހިފައި ހުރެ މާހިލްވެސް މުއާޒާއެކު ދިޔައެވެ. ދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޒާރާ ބަލައިލީ ދުރުގައި ހުރި ޖުމާއަށެވެ. ” ބައްޕައަށް ގުޅާފަ އަމިއްލައަށް ތިވާހަކަ ބުނޭ! ” ރުޅިއައިސް ހުރެ ޒާރާ ބުންޏެވެ. އެއާއެކު ސިހިފައި ޖުމާއަށް ޒާރާގެ މޫނަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (25)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (25)

ކުރީގެ އަދަދާއިގުޅޭ: ” އަހަރެން.. ބަނޑުބޮޑުހެން ހީވަނީ..” ” އޭނ؟ ” ޒާރާއަށްވެސް ކޮޅަށް ތެދުވެވުނީ ޤަބޫލުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. އެއާއެކު ހަރަކާތްތައް ހުއްޓިފައި އޭނާއަށް ހުރެވުނީއެވެ. އޭރު ޖުމާ ހުރީ ޒާރާއަށް ފުރަގަސްދީގެން ކޮޓަރީގެ ފާރުގައި ބޯ ޖައްސާލައިގެންނެވެ. ” ކީއްވެ ބަނޑުބޮޑު ވާންވީ؟ ” ޒާރާގެ ދެތުންފަތް ތުރުތުރުއަޅާ ޙާލު އޭނާއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. ލޯބިވާ ކޮއްކޮ އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެކަމަށް ފަހަރެއްގައިވެސް ޒާރާ ޤަބޫލު ކުރާކަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (24)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (24)

ކުރީގެ އަދަދާއިގުޅޭ، ފޯނުން ކަލަންޑަރު ބަލައިލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ” އަނެއްކާ އަހަރެން…..؟ ބަނޑުބޮޑީބާ؟ އަދި އަލަށް ޕީރިއަޑް ނުވެ މިދިޔައީ!” ޖުމާއަށް އެހެން ބުނެލެވުމާއެކު އަތުން ފޯނު ދޫވެގެން ދިޔައެވެ. އޭރު އޭނާގެ ހިތް އޮތީ ޝައްކުން ފުނިޖެހިފައެވެ. ” އަހަރެން މިކަން ޔަޤީން ކުރާނީވެސް ކިހިނެއް؟ ” ނިތްމަތީގައި އަތް އަޅާލުމަށްފަހު، ޖުމާއަށް ފާރުގަައި ލެނގިލެވުނެވެ. އެއާއެކު […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)

ކުރީގެ އަދަދާއިގުޅޭ: ” މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް…” އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” މާހިލް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ދެނެއް ކެތެއް ނުކުރެވޭނެ! ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އަހަރެން ދެން މިތާ އުޅޭކަށްވެސް ބޭނުމެއް ނޫން… ބޭނުމެއް ނޫން” އެނދުގައި އިށީނދެލަމުން ޖުމާއަށް އަމ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (22)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (22)

ކުރީގެ އަދަދާއިގުޅޭ: ” ކިހިނެއްތަ ވީ؟ ” ދޮރުން ނިކުމެ ނިކުމެ ހުއްޓާ، ޖުމާ ޒާރާގާތު ކޮށްލި ސުވާލުގެ އަޑު މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދަތްތައް ފިއްތާލެވުނެވެ. ނަމަވެސް މަޑުކުރެވެން ނެތުމުން އޭނާ ގޮސް އަވަސް އަވަހަށް އެމްބިޔުލާންސަށް އެރިއެވެ. ރުޝްދީގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެންނަން ހުރި ނަމަވެސް އެވަގުތު އޭނާވެސް އިންނާނީ ވަރަށް ހާސްވެފައިކަން މާހިލަށް އެނގުނެވެ. ” ދޮންތާ! ކީއްތަ ވެގެން މިއުޅެނީ؟ ” އެމްބިޔުލާންސް ދުއްވާލުމާއެކު އަނެއްކާވެސް ރީނާ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (21)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (21)

ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލަތައް އަޑުއަހަން އިނދެ ރީނާ ބޯ ޖަހާލިއެވެ. ކޮންމެ ޙާލެއްގައިވެސް މާހިލް ޙާޞިލްކުރަން އެވަގުތު، އޭނާ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. ” ބޭބެ ކިހިނެއް ހަދަން ތިއުޅެނީ؟ ” ރުޝްދީގެ ސިކުނޑީގައި ރާވަމުންދާ ރޭވުންތައް ވަރުގަދަވާނެކަން ރީނާއަށް އެނގޭ ޙާލު އޭނާ ސުވާލު ކުރިއެވެ. ” ބޭބެ ކޮންމެ ކަމެއްވެސް ކުރާނީ ކޮއްކޮއަށް ފައިދާވާގޮތަށް! އެހެންވީމަ މިރޭ 8 ޖަހާއިރަށް ތައްޔާރުވެލާ ބޭބެއާއެކު ބޭރަށް ދާން! އޯކޭ؟ ” ހަރުކަށި އަޑަކުން ރުޝްދީ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (20)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (20)

ކުރީގެ އަދަދާއިގުޅޭ، ” އެއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! މުއާގެ މަންމަ އެއްޗެކޭ ހީކޮށްފާނެތީދޯ ތި ބިރުގަތީ! މަންމަ އެކަހަލަ ކަންކަމަކާ ނުބެހޭނެޔޭ! ” ޒާރާ މަސައްކަތަށް އެނބުރެމުން ބުންޏެވެ. ނަމަވެސް ޖުމާއާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ ޖުމާ ހުރީ ވަރަށް ލަދުގަނެ ބިރުގަނެފައެވެ. ” އަނެއްކާ އެ ކައުންސިލަރެއްވެސް އަހަރެންގެ ފަހަތަކުން ނުނެއްޓުނެއްނު! ދޮންތަ ހަނދާންވޭތަ އެއްކަލަ ރޭ ޖޫގޯ ބޯން ތިއްބާވެސް އެމީހާއެއްނޫންތަ މާ ވަރަކަށް އަހަންނާ ދިމާލަށް ބެލީ؟ ” […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (19)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (19)

ކުރީގެ އަދަދާއިގުޅޭ، މާހިލްގެ މޫނުމަތީގައިވެސް އޭރުވަނީ ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މާހިލް ސިހިގެން ދިޔައީ އަނެއްކާވެސް އެކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މިފަހަރު ޖުމާގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ. ” ޖުމާ! ” ޓަކީގެ އަޑާއެކު ޒާރާގެ އަޑު އައެވެ. އެހިނދު މާހިލްއާ ދިމާލަށް ޖުމާއަށް ބަލައިލެވުނީ ބިރުގަނެފައި ހުރެއެވެ. ” ޖުމާ! ” އަނެއްކާވެސް ތަންކޮޅެއް ބާރަށް ޒާރާ ގޮވާލި އަޑު އިވުނެވެ. ހަދާނެގޮތް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)

ކުރީގެ އަދަދާއިގުޅޭ، ” އޯހް! ފެންފުޅި ހުސްވެފައި…. ” އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (17)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (17)

” އެ ގެނައިން.. ނުގެނެސް ކޮންތާކަށް ދާނީ؟ ” ވާހަކަ އެހިސާބަށް ދިޔައިރު މާހިލަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ދޮރާށި ހުޅުވާ އެތެރެއަށް ވަނުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭގެ ފާރުގައި ލެނގިލައިގެން ހުރެ ރޮމުންދިޔަ ޖުމާއަށްވެސް މާހިލް ފެނުމާއެކު ތެޅިގަނެވުނީ ނުހަނު އަވަހަށެވެ. އޭރުވެސް މާހިލަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. އަތުގެ ނުފުށުން މޫނު ފުހެލުމަށްފަހު ޖުމާ އަވަސްވެގަތީ ގޭތެރެއަށް ވަންނާށެވެ. ” ޖުމާ! ” ނަމަވެސް އޭނާ އެތެރެއަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (16)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (16)

ކުރީގެ އަދަދާއިގުޅޭ، ” އޭނަ އަދިވެސް ބަލަން އިނީ! އަހަރެން ރީތިވީ ކަންނޭނގެ! އަހަރެން ހަމަ ވަގުވަގަށް ބަލައިލިޔަސް އެބަ ހީލާ! ” ޖުމާ މިފަހަރު ވާހަކަ ދެއްކީ އަނގަމަތީގައި އަތް ޖައްސާލައިގެން ދެތުންފަތް ފޮރުވައިގެން އިނދެއެވެ. ” ދެން ޖުމާ އިނދެބަލަ ނުބަލާ! ” ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ނަމަވެސް ރުޝްދީ އޭނާއަށް ބަލަމުންދާކަން ޖުމާއަށް އެނގެއެވެ. އެހެންކަމުން އޭނާއަށް އިނީ ވަރަށް ބޮޑަށް […]