Skip to main content
Topic Archive

#ލޯކަލް ކައުންސިލް އިންތިހާބު

78 Stories filed
ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެ: ރައީސް
Raajje

ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެ: ރައީސް

ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ ބޮޑު ހިނގާލުން” ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އި...

އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!
Raajje

އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިންތިހާބީ ރިޝްވަތުގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ. މި އިންތިހާބުތަކާ ގުޅިގެން ސިޔާސީ ޕާޓިތަކުން ކެމްޕެއިނުގެ ހަރަކާތްތައް ފުޅާކޮށްފައިވާއިރު އޭސީސީން މިއަދު ބުނީ އިންތިހާބުތަކާ ދިމާކޮށް މީހެއްގެ މައްޗަށް އިންތިހާބީ ރިޝްވަތުގެ މައްސަލަ...

ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް
Thiladhunmathi News

ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށްކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝަމީމް ރޭ ވިދާޅުވެއްޖެއެވެ. ރޭ ވަނީ ހަނިމާދޫ ޕީއެންސީ ޖަގަހަ ހުޅުވާފައެވެ. މިޖަގަހަ ހުޅުއްވައިދެއްވީ...

މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު
Raajje

މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު

ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޭޔަރ ކެންޑިޑޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރައްވައި އެކަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ހާމަކުރައްވައިފި އެވެ. މިއަދު ހެނދުނު އާދަމް މަނިކުވަނީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައ...

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި
Raajje

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި

2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމުކޮށްފިއެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެ...

މަޝްރޫއުތައް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: ޢަލީ ރަޝީދު
Thiladhunmathi News

މަޝްރޫއުތައް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: ޢަލީ ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުދި ރަށްރަށުގައި ވެސް ހިންގައި ދެއްވަމުން ކަމަށާއި، މަޝްރޫއުތައް އަވަސްކޮށް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭކަމަށް ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަލީ ރަޝީދު އޭނާގެ ތަޖުރިބާއިން ވިދާޅުވީ ކައުންސިލުތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށެވެ. ރަށް...

ރީނދޫ ކުލައިން ލިބޭ ތަރައްގީއެއް ނޯވޭ: ހުދާ
Thiladhunmathi News

ރީނދޫ ކުލައިން ލިބޭ ތަރައްގީއެއް ނޯވޭ: ހުދާ

ރީނދޫ ކުލައިން ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްގީއެއް ނޯވޭ ކަމަށް ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ހުދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހުދާ ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ރަށްރަށުގައި ތިބޭ ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް އަދި އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ހިޔާލުތަކ...

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް
News

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތެއް

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ހަމަ މިދުވަހު ނެގުމަށް ހަމަޖެހިފައިވާތީ، މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުޞަތުއް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެެވެ. އެގޮތުން މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން ފެށިގ...

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ވޯޓުލާން ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ގ...

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު
Thiladhunmathi News

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން...

އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ
Raajje

އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ. އޭޕްރީލް 4 ގައި ކުރިއަށްދާނީ ޖުމްލަ ތިން ވޯޓެކެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ...

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި
Raajje

ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވާން ހުޅުވާލައިފި

4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮށްޓަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު  ހުޅުވާލައިފިއެވެ. މިގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް އެ ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ. މި ލިސްޓުގަ...

އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި
Thiladhunmathi News

އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ޖުމްލަ 69 ގޮނޑި ކަށަވަރުވެއްޖެއެވެ.  މީގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުން އެކަނިވެސް އެ ޕާޓީން ވަނީ 12 ގޮނޑި ކަށަވަރުވެފައެވެ. ޕީއެންސީ އަށް ބޮޑު ތިލަދުންމަތިން ލިބުނު ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޢަބްދުﷲ ރަޝީދާއި، އެ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: އެމްޑީޕީގެ ކެމްޕެއިން ލޯންޗްކޮށްފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: އެމްޑީޕީގެ ކެމްޕެއިން ލޯންޗްކޮށްފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގެ ކެމްޕޭން އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ލޯންޗް ކޮށްފިއެވެ. ”ހޭވައްލާ ތައްޔާރު” ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މި ކެމްޕޭން ލޯންޗްކުރި ޖަލްސާ ބާއްވާފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗްގައެވެ. މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސިޓީ ތަކުގެ މޭޔަރުކަމަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން ވެސް ވާހ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެ...