Skip to main content
Topic Archive

#ލޯކަލް ކައުންސިލް އިންތިހާބު

78 Stories filed
މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ
Thiladhunmathi News

މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް ކަމަށް އެ މަގާމަށް ވާދަކުރާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، އޭނާ އާއި ހަވާލުވެފައިވަނީ ބޮޑު އަމާނާތެއްކަމަށާއި، އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އޭނާގެ އެންމެ މުހިންމު ވާޖިބު ކަމަ...

އަޒީމާ އަށް ގޮނޑި ކަށަވަރުވެ އުތީމު ކައުންސިލްގެ އިތުރު ގޮނޑިއެއް ޕީއެންސީ އަށް
Raajje

އަޒީމާ އަށް ގޮނޑި ކަށަވަރުވެ އުތީމު ކައުންސިލްގެ އިތުރު ގޮނޑިއެއް ޕީއެންސީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ކުރިމަތިލި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އަޒީމާ އަބްދުއްސަމަދަށް ވެސް ގޮނޑި ކަށަވަރުވެއްޖެއެވެ. އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަޒީމާ އަށް އެ ގޮނޑި ކަށަވަރުވެފައި ވާތީ އުތީމު އެ ދާއިރާ އަކަށް ނިސ...

ޒަބީނާ އަށް އުތީމު ޑަބްލިޔުޑީސީ ރައީސްގެ ގޮނޑި ކަށަވަރުވެއްޖެ
Thiladhunmathi News

ޒަބީނާ އަށް އުތީމު ޑަބްލިޔުޑީސީ ރައީސްގެ ގޮނޑި ކަށަވަރުވެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ހއ. އުތީމު ޑަބްލިޔުޑީސީގެ ރައީސްގެ މަގާމަށް ކުރިމަތިލި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އައިޝަތު ޒަބީނާ އަށް ގޮނޑި ކަށަވަރުވެއްޖެއެވެ. ޒަބީނާ އަށް ގޮނޑި ކަށަވަރުވެފައި ވާތީ އުތީމު އެ ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވެސް ވަނީ އޭނާ އަށް މަރުޙަބާ […]

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، 30 ޖެނުއަރީ 2025ގެ 23:00ގެ ނިޔަލަށް ކައުންސިލްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 1556 މީހެއްގެ ކެންޑިޑެންސީ ވަނީ ބަލައިގެންފައެވެ. އެއީ ސިޔާސީ ޕާޓީތަކުން 1197 މީހަކާއި، އަމިއްލަގޮތުން ވާދަކުރާ 359 މީހެކެވެ. މި މުއްދަތުގައ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ ވަގުތު އިތުރުކޮށްފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ ވަގުތު އިތުރުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ވަގުތު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިތުރުކޮށްފިއެވެ. މި ބަދަލާއެކު އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފޯމު ހުށަހެޅުމުގެ ވަގުތު ވަނީ 2 (ދޭއް) ގަޑިއިރަށް އިތުރުކޮށްފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ...

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް
Thiladhunmathi News

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ. އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ. ’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ...

ސޮބާހް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި
Thiladhunmathi News

ސޮބާހް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި

މިއަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އެ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ. މިދައުރު ޕީޕީއެމް/ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް ގޮނޑި ފުރުއްވަމުންގެންދަވާ ސޮބާހް އައު ދައުރަކަށް އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިއެވެ. ސޮބާހް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، އޭނާ އާއި އޭނާގެ ޓީމު އިންތިޚާބުގައި ވ...

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ
Raajje

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 ގެ ނިޔަލަށް ޖުމްލަ 639 ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. ލިބިފައިވާ ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އިންތިޚާބުކުރާ މަޤާމުތަކާއި ދާއިރާތައް މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގ...

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް
Raajje

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ. އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. މި އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގައި ގެނެސްފައިވާ ބަދަލެވެ. އެގޮތުން، ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހެނީ އޮންލައިން ޕޯ...

ދިއްދޫ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
Thiladhunmathi News

ދިއްދޫ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހއ. ދިއްދޫގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށް ބަޔަކު އާދީއްތަ ދުވަހު ރޭ ގެއްލުން ދީފިއެވެ. ދިއްދޫ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރަށް ގެއްލުންދީފައި ވަނީ ޕޯސްޓަރުން ދެ ކެންޑިޑޭޓެއްގެ ފޮޓޯ ކަފާލައިގެންނެވެ. ކަފާލާފައި ވަނީ ދިއްދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް ވާދަކުރާ އެ...

ވޯޓާއި ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ރިޕޯޓްކުރުމަށް އެދިއްޖެ
Raajje

ވޯޓާއި ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ރިޕޯޓްކުރުމަށް އެދިއްޖެ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބާ ދިމާކޮށް، ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު...

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް
Thiladhunmathi News

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް

ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ. ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު […]

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި 621 ވޯޓު ފޮށި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި 621 ވޯޓު ފޮށި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގައި ވޯޓުފޮށީގެ ނަންބަރު، ކޯޑު، ވޯޓުލާ ސަރަޙައްދު އަދި ފޮށި ބަހައްޓާ ރަށ...