ސިލްސިލާ ވާހަކަ: ލޯބިވިޔަސް (39)
ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ދާއިން ފެނުމާއެކު އަރުޝާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ގެއަށް ވަންނަން ދުއްވައިގަންނާނީތޯ ނުވަތަަ ހުރިތާ ހުންނަންވީތޯ އަމިއްލަ ހިތާ އޭނާއަށް ސުވާލު ކުރެވުނެވެ. މާ ލަސްތަކެއް ނުވެ ދާއިން އޭނާއާ ދިމާލަށް އަންނަން ފެށިތަން ފެނި، ނޭވާ ހިފަހައްޓާލެވުނެވެ. ދާއިން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު އަރޫޝާ މަޑުމަޑުން އަނެއްކާ ވެސް ޖޯލިފަތީގައި އިށީނެވެ. އަރޫޝާ އިން ގޮތުން ހީވަނީ އޭނާ އެ އިނީ ދާއިންއާ ހަތަރުކަޅި ހަމަ […]