Skip to main content
Topic Archive

#ލޯބިވިޔަސް

53 Stories filed
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ. އަރޫޝާއަށް ލޯ ހުޅުވާލެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ އެނދުގައި ދާއިން ނެތުމުންނެވެ. ފުންމައިގެން ތެދުވެ އޭނާ ފުރަތަމަ ވެސް ބަލައިލީ ފާހާނާ ބޮކި ދިއްލާފައި ހުރިތޯއެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (54)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (54)

ކުރީގެ އަދަދާއި ގުޅޭ: ” އަދިވެސް މަށަށް އެއްޗެހި ކިޔާ. އެނގޭތަ އެ ޕްރޮޖެކްޓް ނުނިމުނިއްޔާ މިލިއަނުން އަހަރެން ދަރަނިވެރިވާނެކަން. މި ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އަހަންނަށް އެކަމުން ސަލާމަތެއް ނުވެވޭނެ.” މަހުދީ ބުނެލީ ބާރު ބާރަށެވެ. އެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތި ޒުހުދާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް މަހުދީ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ” ދަރިފުޅު އާދޭ ރަށަށް. ބައްޕަ ބޭނުމެއް ނުވޭ ދަރިފުޅު ރާއްޖެ އައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)

ކުރީގެ އަދަދާއިގުޅޭ: ” ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ.” އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ. ” ޒައިނާއަށް ޒައިނާގެ ބައްޕަގެ ޕްރޮޖެކްޓް މުހިއްމު ވިޔަސް އަހަންނަށް، އެއަށް ވުރެ އަހަރެންގެ ކޮއްކޮ މާ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)

ކުރީގެ އަދަދާއި ގުޅޭ: “އަލިފާނާ، މޫދާވެސް އޭނަ ކައިރި ކޮށްގެން ނުވާނެ. އެއްވެސް ދުއްވާ އެއްޗަކަށް ވެސް އެކަނި އަރައިގެން ނުވާނެ. އަދި މި ނޫނަސް، އޭނައަށް ނުރައްކަލެއް ދިމާވެދާނެ ފަދަ އެއްވެސް ކަމަކާ ކައިރިކޮށްގެން ނުވާނެ. ފިޓް ޖެހިދާނެ ކޮންމެ ފަދަ ތަނަކު، ހުއްޓަސް. މި ކަންކަމަށް ވިސްނައިގެން، ނޯމަލް ލައިފެއް އޭނައަށް އުޅެވޭނެ. ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭނީ.” ޑޮކްޓަރގެ ވާހަކަތައް އަރޫޝާގެ ކަންފަތުގައި އޭރު ވެސް ގުގުމަމުން ދެއެވެ. ދާއިން ރޫމަށް ގެނައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (51)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (51)

ކުރީގެ އަދަދާއި ގުޅޭ: އާބިދަކީ ދުވަހަކުވެސް އޭނާއާ ސަމާސާ ކުރި މީހެއް ނޫނެވެ. އަދި، އޭނާ އެކަނި ކޮޓަރީގައި ބަހައްޓާފައި ގޮސް ދާއިން ފޯނު ނުނަގާ ނުހުންނާނެކަން ވެސް އަރޫޝާއަށް ރަނގަޅަށް އެނގެއެވެ. ” އަރޫ… އާދެބަ އައިޖީއެމްއެޗްއަށް. ” އާބިދުއަށް އެހެން ބުނެވުނީ ލައްކަ ހިތްވަރުލައިގެންނެވެ. ” އައި..ޖީ…؟ ދާއިންއަށް ކިހިނެއްވީ އާބިދު؟ ” އަރޫޝާ ވާހަކަ ދެއްކީ ބާރަށެވެ. އޭރު އޭނާގެ ހިތް ވެސް އިންތިހާއަށް އަވަހަށް ތެޅެމުން ދެއެވެ. ފޯނު ކަންފަތުގައި ޖަހައިގެން […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (50)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (50)

ކުރީގެ އަދަދާއި ގުޅޭ: ” ދެން ބުނެބަލަ! އަރޫއަށް ކަމެއް ވީތަ؟” ދާއިން އެހިއެވެ. ކަންބޮޑުވެފައި ހުރެ ދާއިން ސުވާލު ކުރި އިރު އަރޫޝާ ހުރީ ފެންކަޅިވެފައެވެ. ” އަރޫ. ދެން އަވަހަށް ބުނެބަލަ.” ދާއިން އެހިއެވެ. އެއާއެކު އަރޫޝާ ދާއިންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު ދާއިން ހުރީ ސީދާ އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެންވެ، އަރޫޝާ ހުރީ ވާހަކަ ދައްކަން ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. ” ދާއިން. ސްކޭން ރިޕޯޓް ބެއްލެވުމަށްފަހު ޑޮކްޓަރ ދެއްކެވި ވާހަކަތައް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (48)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (48)

ކުރީގެ އަދަދާއި ގުޅޭ: ހައިރާންކަމާއިއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލަން ހުރެވުނީއެވެ. އަރޫޝާއާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ، މޭޒުމަތީގައި ހުރި  ދަބަސް ނަގައިގެން ދާއިން ހިނގައިގަތީ ނިކުންނާށެވެ. ” ދާއިން…” އެއާއެކު އަރޫޝާ ބަލި އަޑަކުން ގޮވާލިއެވެ. ” އަހަންނަކަށް ނެތް ވަގުތެއް. ފެރީ ގަޑި ވަރަށް ކައިރި ވެއްޖެ.” ދާއިން ބުނެލިއެވެ. އޭރު އޭނާ ހުރީ ދޮރާ ހިސާބަށް ގޮހެވެ. ” އަހަރެން ބޭނުން ދާއިންއާ ވާހަކަ ދައްކަން.” އަރޫޝާ ބުންޏެވެ. ” ކިތަންމެ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (47)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (47)

ކުރީގެ އަދަދާއި ގުޅޭ: މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ދާއިންއަށް ފުރަތަމަ ވެސް ބަލައިލެވުނީ އެނދުގައި އޮތް އަރޫޝާއަށެވެ. އޭރު ވެސް އަރޫޝާގެ ދެ ލޯ ހުޅުވެނީ ހަމަ ކިރިޔާއެވެ. އަރޫޝާގެ މޫނަށް ދެ ވަނަ ފަހަރަށް ބަލައިލާނެ ހިތްވަރެއް ދާއިންއަކަށް ނުލިބުނެވެ. ވަރުދެރަވެފައި ހުރި މީހެއް ފަދައިން ދާއިން އެތެރެއަށް ވަދެގެން ގޮސް ހުއްޓުނީ އަރޫޝާގެ އެނދު ކައިރީ ހުރި ކަބަޑު ކައިރީގައެވެ. ކަބަޑުމަތީގައި ސައި ޕެކެޓް ބޭއްވުމަށްފަހު ދާއިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި […]

ސިލްސިލާ ވާހަކަ ލޯބިވިޔަސް (46)
Story

ސިލްސިލާ ވާހަކަ ލޯބިވިޔަސް (46)

ކުރީގެ އަދަދާއިގުޅޭ: ” އަރޫ؟” ދާއިންއަށް އަރޫޝާ ގެ ނަމުން ގޮވައިލެވުނީ ނުހަނު ބާރަށެވެ. އޭރު ބަނޑުގައި އަތް އަޅައިގެން ދާއިންގެ ގައިގައި އޭނާ ލެނގިލައިފިއެވެ. ކުއްލިއަކަށް ދާއިންއަށް ފެނުނީ މުށިތައްމަތީގައި ހުރި ލޭ ތިކިތަކެވެ. އެއާއެކު އަރޫޝާ ހަބަރު ހުސްވެގެން އޭނާގެ ގައިގައި ތަތްވެއްޖެއެވެ. މެރިފައިވާ ދެ ލޯ އަރޫޝާއަށް ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރުވެސް ލޮލުގެ އެސްފިޔަތައް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ސީލިންގުގައި ހަރުކޮށްފައި ހުރި ބޮތްކަށް ބަލަހައްޓައިގެން އޮއްވާ ކުއްލިއަކަށް އ...

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (45)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (45)

” ވަޓް؟ ދާއިންއާ އަރޫ؟ ނޯ! ނޯ!” ނަދީމްއަށް ބުނެވުނެވެ. ކައިރީގައި ހުރި ގޮނޑީގައި އޭނާއަށް ހިފަހައްޓާލެވުނީ ތުރުތުރުއަޅާ ހާލުގައެވެ. ބައްޕަ ދިން ހަބަރުން ނަދީމްއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އިންތިހާއަށް ރުޅިގަދަވެ، ކޮންޓްރޯލުން ނައްޓައިފިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އައީ ދާއިންގެ ނަމަވެ. ރުޅި އައިސް އިނދެ އޭނާ ފޯނުގައި ދާއިންގެ ނަން ސާޗް ކޮށްލުމާއެކު ކުއްލިއަކަށް އެތެރެއަށް ވަނީ ޒައިނާއެވެ. ނަދީމް ފެނުމާއެކު، ނަދީމްގެ މޫޑު އެހާ ރަނގަޅު ނޫންކަން އޭނާއަށް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (44)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (44)

ކުރީގެ އަދަދާއިގުޅޭ، ” އެއަށް ވުރެ އަހަރެން އަރޫއަށް މާ އިތުބާރުކުރަން. މާ ލޯބިވޭ. އަހަންނަށް އެނގޭ، އަރޫ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން. ނަދީމްބެއާ އިނދެގެން އުޅުނަސް އަރޫއަކީ އަހަރެންގެ މީހެކޭ އަރޫ ބުނީމެއްނު. އަދި އަހަރެންގެ ހައްގުގައި އަރޫ ނަދީމްބެގެ ކޮންމެ އެދުމަކަށް ދެކޮޅު ހެދީމެއްނު.  އަހަރެން ވެސް ހަމަ ތިހާ ތެދުވެރިވީމޭ. އަހަރެން ވެސް މި ހުރީ ހަމައެކަނި އަރޫއަށްޓަކައޭ.” ދާއިން ބުންޏެވެ. އެ މައުޟޫއަށް ދާއިން ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަރޫޝާއަށް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (43)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (43)

ކުރީގެ އަދަދާއި ގުޅޭ: ނަދީމް އެހާ އަވަހަށް ބަދަލުވެދާނެކަމަށް ފަހަރެއްގައި ވެސް ރިޒާ ހިއެއް ނުކުރެއެވެ. ކޮޓަރިން ނިކުމެގެން ކާގެއަށް ދިޔައިރު ވެސް ރިޒާ ހުރީ އެ ފިކުރުތަކުގައެވެ. ފޯނު ޖީބަށް ލުމަށްފަހު ނަދީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ވަގުތު އޭނާ ސިހުނީ ފަހަތުން އައިސް ޒައިނާ، އޭނާގެ ގައިގައި ބައްދާލުމުންނެވެ. ” ކޮން ދުވަހެއް އަހަރެމެންނަށް މި މިނިވަންކަން ނުލިބެނީ؟” ޒައިނާ ބުންޏެވެ. އޭނާ، ނަދީމްގެ ގައިން ދޫ ކޮށްލުމަށްފަހު އައިސް ނަދީމްގެ ކުރިމަތީގައި […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (42)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (42)

ކުރީގެ އަދަދާއި ގުޅޭ: ޖެހިލުންވެ އިނދެ ނަދީމްއަށް ކުޑަކޮށް ހަށިގަނޑު ތެދުކޮށްލެވުނެވެ. އަދި ތުރުތުރުއަޅާ ފަދަ ހާލެއްގައި އިނދެ އޭނާ މަހުދީއާ ސަލާމްކޮށްލިއެވެ. ނަދީމްގެ އަތަށް މަހުދީ ފިތާލުމާއެކު ނަދީމްއަށް އަނެއްކާ ވެސް ހިންދިރުވާލެވުނެވެ. ” އަހަރެންގެ ކުންފުނީގައި ނަދީމްއަށް މަސައްކަތް ކުރެވިދާނެ. މިހާރު ވެސް ބައިވަރު ޕްރޮޖެކްޓްތައް ލިބިފައި އެބަހުރި. މަހަކު ލައްކައެއްހާ ފައިސާ ނަދީމްއަށް ލިބޭނެ. ސިޔާސީ މީހުން ފިޔަވައި ރާއްޖޭގައި އެހާ ވަރުގެ މުސާރައެއް ނުދޭނެ. އަހަންނަށް ފެންނަނީ ނަދީމް މި ފުރު...

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (41)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (41)

” އޯހް. އެހެންވިއްޔާ ނަންބަރ ދީފަ ދޭބަލަ.” ނީޒާ އަނެއްކާ ވެސް ބުންޏެވެ. ނީޒާގެ ކިބައިން ސަލާމަތްވެވެން ނެތިގެން އަރޫޝާ އޮފީހުން ނިކުތީ ނަންބަރު ނެތްކަމަށް ބުނެފައެވެ. ފަހުން ވާނެ ގޮތަކާއިމެދު ވިސްނަން ވެސް އޭނާ ހުރީ ބޭނުން ނުވެފައެވެ. ގެއަށް ގޮސް ވަނުމާއެކު ފުރަތަމަ ވެސް އަރޫޝާއާ ބައްދަލް ވީ ދާއިންއެވެ. ދާއިން ފެނުމާއެކު އަރޫޝާއަށް ހުއްޓެވުނީ އޭރު ވެސް ނީޒާގެ ވާހަކަތައް އޭނާގެ ސިކުނޑިތެރޭ އެނބުރެމުން ދާތީއެވެ. އަރޫޝާ ބަލަމުން ދާ ގޮތުން އޭނާ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (40)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (40)

ކުރީގެ އަދަދާއި ގުޅޭ: “ދާންވީތަ ދުރަށް؟ ބުނެބަލަ!” އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ. އަރޫޝާގެ ނޭވާގެ ހިނގުން އޭރު ވަނީ ނުހަނު އަވަސް ވެފައެވެ. ހިތް އެދެނީ ދާއިންގެ މޭމަތީ ބޯ އަޅާލުމަށެވެ. ނަމަވެސް އޭނާގެ ޟަމީރު ހަމަ ހިލާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ސިކުނޑި އިންޒާރު ދެމުން ދަނީ ދާއިންއާ ދުރަށް ދިޔުމަށެވެ. ނަމަވެސް ދާއިންގެ ލޮލުގެ ތެރެއިން ފެންނަ ވިދުވަރުން، އަރޫޝާގެ ކިލަނބު ވެފައިވާ ހިތަށް އަލިކަން ވެރިވެއްޖެއެވެ. […]