Skip to main content
Topic Archive

#ލޯބިވިޔަސް

53 Stories filed
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (8)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (8)

ކުރީގެ އަދަދާއި ގުޅޭ، ހާސް ހިތަކައިގެން ހުރެ، މަޑުމަޑުން ގެއިން ނިކުމެ ޖޯލިފައްޗާ ދިމާލަށް އޭނާ ބަލައިލީ ދާއިން އިންތޯއެވެ. ލިބުނު ހައިރާންކަމާއެކު އެ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އޭނާ ގާތު ނިކުންނަށް ބުނެ، ދާއިން ނައީ ކީއްވެބާއޭ އަރޫޝާގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ އެނބުރިގަތީ ގެއަށް ވަންނާށެވެ. ” އަޅެ ސިއްސައިގެންނޭ ދިޔައީ.” އަރޫޝާއަށް ބުނެވުނެވެ. އޭނާގެ ފަހަތުގައި ހުރި ދާއިން ފެނި އަރޫޝާ ހަގީގަތުގައި ވެސް ބިރުގަތެވެ. ދެ ޖީބަށް […]

ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)
Story

ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)

ކުރީގެ އަދަދާއި ގުޅޭ، ” ކީކޭ؟” ވައި އަޑުން ނަދީމްއަށް ބުނެވުނެވެ. ” ޒައި އަހަންނަށް ދޮގެއް ނަހަދަން ދޯ؟ އަހަރެން ތަޅުވަނީތަ؟” ނަދީމް ސުވާލު ކުރީ ޖެހިލުންވެ ހުރެއެވެ. ޒައިނާ އިސްޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ. ” ދެން… ޒައި ބޭނުންވަނީ ކޮން ގޮތެއް؟” އަނެއްކާ ވެސް ނަދީމް ކުރީ ސުވާލެކެވެ. އެ ސުވާލު އޭނާ ކުރާނެކަން ޒައިނާއަށް މާ ކުރިން ވެސް އެނގެއެވެ. އެހެންވެ، ޒައިނާ ބޭނުންވީ އޭނާގެ ނިންމުން ލަސްނުކޮށް ކިޔައިދޭށެވެ. […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (6)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (6)

ކުރީގެ އަދަދާއި ގުޅޭ، ” ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!” ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ. ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އޭނާއާ މެދު އެ ފަދަ ހިތްދަތި ގޮތަކަށް ބައްޕަ ކަންތައް ކޮށްފާނެ ކަމަކަށް […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (5)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (5)

ކުރީގެ އަދަދާއި ގުޅޭ، ” މިހާރު އާސިފްއަށް ބަލައިލާފަ ހީވޭ  މީހުން އެ ކިޔަނީ ހަމަ ތެދެކޭ. ވަރަށް ނައިސް ހެން ހީވަނީ.” އާބިދު ބުންޏެވެ. ދާއިންއަށް އިނދެވުނީ ރައްދެއް ދޭން ވެސް ނޭނގިފައެވެ. އޭރު ވެސް އޭނާގެ ކުރިމަތިން އަރޫޝާގެ ހިނިތުންވެފައިވާ މޫނު ފެންނަމުން ދާ ކަހަލައެވެ. އާސިފްއާއެކު އޭނާ އެހާ އުފަލުން ހުންނަންޖެހޭ ސަބަބެއް ދާއިންއަކަށް ނުވިސްނުނެވެ. އަދި އެކަމާ ދާއިންއަށް އުނދަގޫ ވާން ޖެހުނު ސަބަބެއް ވެސް އޭނާއަކަށް ނޭނގުނެވެ. “ރަނގަޅިއްޔާ ރަނގަޅުތާ.” […]

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (4)
Story

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (4)

ކުރީގެ އަދަދާއި ގުޅޭ، “އަރޫ އުޅެނީ އަހަރެމެންގޭގައި ކަން އެނގުނަސް،  ވެސް އޭނަ ބަލާނެ މަ ރުޅި އެރުވޭތޯ.” ދުރަށް ބަލައިލަމުން ދާއިން ބުންޏެވެ. “ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟” އާބިދު ސުވާލު ކުރީ ނުހަނު އަވަހަށެވެ. އޭރު ދާއިންގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ. އޭނާ ވަރަށް ފުންކޮށް ވިސްނަމުން ދާ ކަން އާބިދަށް ވެސް ފާހަގަ ކުރެވުނެވެ. އާބިދު އިންތިޒާރު ކުރަމުން ދިޔައީ ދާއިން ދޭން ޖަވާބަކަށެވެ. “ދެން.. އަހަންނަށް ކުރެވޭނެ ކަމެއް […]

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (3)
Story

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (3)

ކުރީގެ އަދަދާއި ގުޅޭ، ދާއިންގެ ނަޒަރު އަމާޒު ވެފައި ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެހިނދު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އޭނާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރުވެސް ދާއިން ހުރީ އަރޫޝާއަށް ބަލަހައްޓައިގެންނެވެ. ދާއިން އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު، ފަހަތަށް ޖެހެމުން ގޮސް ފަސްދިނެވެ. “ދައްތާ. އަނެއްކާ ދާއިން އަހަރެން ދެކެ ރުޅިއެއް ނާންނާނެތަ؟ އެކަމާ އަހަރެން ވަރަށް ބިރުގަނޭ.” އަރޫޝާ ސުވާލު ކުރިއެވެ. “އަޅައިނުލާ ބަހައްޓާ. ރުޅި އައިސްގެން އެއްޗެއް ބުންޏަސް ދައްތަ […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)

ކުރީގެ އަދަދާއި ގުޅޭ، ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން […]

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފުރަތަމަ ބައި)
Story

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފުރަތަމަ ބައި)

ޖަނާޒާގެ ކަންތައްތައް ނިމި، އެންމެން ގެއަށް ދިޔަ އިރު ވެސް އަރޫޝާ ހުރީ ގަބުރުސްތާނުގައެވެ. ފާރުގައި ލެނިގިލައިގެން ހުރި އިރު އޭނާގެ ދެ ލޮލުގައި އޭރުވެސް ވަނީ ކަރުނައިގެ ތެތްކަމެވެ. ބައްޕަގެ މަހާނައަށް ބަލަހައްޓައިގެން ހުރި އިރު، ބައްޕަގެ ހަނދާންތައް ކުރިމަތީގައި ސިފަވަމުން ދާ ކަހަލައެވެ. ތުއްތުއިރު މަންމަ ނިޔާވުމުން، މައެއްގެ ގޮތުގައި ވެސް އޭނާއަށް ފެނިފައިވަނީ ހަމައެކަނި ބައްޕައެވެ. ކުއްލި ގޮތަކަށް ބައްޕަ ވަކިވެ ދިޔުން  ބަރުދާސްތުކުރަން އަރޫޝާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ބައްޕާއެވެ. މި […]