ފަރަށް އެރި 'ދެރަހަ' ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި
މާލެއިން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި 10 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
މާލެއިން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި 10 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް ނޮވެމްބަރު 3 ގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ސިފައިންގެ ޚާއްޞަ އަސްކަރީ އަދި މިއުޒިކީ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނަޞްރުގެ ބިނާގައި މިއަދު ހެނދުނު ބޭއްވި ދިދަނެގުމާއި ގާޑު ބަދަލުކުރުމުގެ ޚާއްޞަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަޝްރޫޢު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހދ. ކުޅުދުއްފުށީ ސިޓީގެ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެ އުޅަނދަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ...
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން މި ބެޗުގައި 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުން ހިމެނެއެވެ. އެމ...
މަޖީދީމަގުގައި ހުންނަ “އަތަމާ ޕެލެސް” ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގެ ތެރޭގައި ކައްކަން ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. ބަދިގޭގައި ބޭނުންކުރަމުންދިޔަ މި ގޭސްފުޅީގައި އަލިފާން ރޯވި ނަމަވެސް، ހާދި...
ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދި...
މާލޭ އިންޑަސްޓްރިއަލް ޒޯން ތެރޭގައި ހުންނަ ޕޮލިސް ޓޯ ޔާޑުގައި ހުރި ސައިކަލުތަކެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ސައިކަލުތަކުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރި މަސައްކަތުން މިހާރު ވަނީ އެއްކޮށް ނިއްވާލައިފައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 18:31 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ. މައުލޫމާތު ލިބުމާ ގުޅިގެން މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ […]
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް، ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ވަރަށް ޚާއްޞަ ގޮތެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސިފައިންގެ ދެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، އެ ބޯޓުތައް ހޯދައި ވަނީ ކޯސްޓްގާޑުގެ ބާރުގެ...
ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. ޖުމްލަ 149 ދަރިވަރުންނާއެކު ކުރިއަށްގެންދާ މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް […]
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި، މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ފަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ....
ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1,000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި، އެ ޚިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެ...
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރ...