އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މި އުޅަނދު އަތުލައިގަނެވިފައި ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 18:34 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޤާނޫނާޚިލާފަށް އުޅެނިކޮށް އަތުލައިގަތް މި ބޭރުގެ މަސްބޯޓުގައި ޖުމްލަ 7 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދީފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެވުނު މި މަސްބޯޓު މިހާރު ދަނީ ހދ. ކުޅުދުއްފުށީ ސިޓީއަށް ގެނެއުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!