ރާއްޖެ މާޔަންގެ ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށް ފޭރިގެން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މާޔަންގެ ރަން ފަށް ދެ މީހަކުވެގެން ފޭރިގަތީ އިއްޔެ ފަތިހު އޭނާ ދުވަން ނުކުމެ އުޅެނިކޮށް، ބިންމައްޗަށް ވައްޓާލުމަށްފަހުއެވެ. ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ”އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް” ފުލުހުން ބުނެފަވެއެވެ. މި މައްސަލައާއި ގުޅިގެން މާޔަން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވޯލްޑް ގަވަމަންޓްސް ސަމިޓަށް ރައީސް ދުބާއީ އަށް ވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީ އަށް ވަޑައިގެންފިއެވެ. ރައީސް ޔޫއޭއީގެ ދުބާއީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޭޑީއެފްޑީ ގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫއޭއީ ގެ ސަފީރު ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީ އެވެ. ރައީސްގެ މި ދަތުރުފުޅަކީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަަމަ ބުރު ފަށައިފި އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ އިފްތިތާޙްކޮށް އެ މަޝްރޫޢުގެ ފުރަތަަމަ ބުރު 77 އިމާމުންނާއެކު އިއްޔެ ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ވަނީ ފަށާފައެވެ. އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވަނީ ގއ. ގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އުނގޫފާރު ބިންހިއްކާއިރު އިތުރު 3 ހެކްޓަރު ހިއްކާނެ'' ރ. އުނގޫފާރު ބިންހިއްކާއިރު ކުރިން ކަނޑައަޅާފައި އޮޮތް ވަރަށްވުރެ އިތުރު 3 ހެކްޓަރު ހިއްކަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރ. އުނގޫފާރުގެ ރައްޔިތަކު އެރަށު ބިންހިއްކުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ”މުޢިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި އެބައޮތޭ ބިން ހިއްކާއިރު ހިއްކެއް އޮތް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ. މިރޭ ފަތިހާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ އެކިހިސާބުތަކަށް ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފަވެއެވެ. ނަމަވެސް މި ވަގުތުގައި [... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ވެސްޓްހޭމް އަތުން އާސެނަލްއަށް ބޮޑު މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ. މިއީ އަމިއްލަ ދަނޑުގައި ހަ ލަނޑުގެ ތަފާތަކުން ވެސްޓްހޭމް ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމް ވަނީ 1963-64 ސީޒަންގައި ބްލެކްބާން އަތުން 8-2 ގެ ނަތީޖާއިން ބަލިވެފައެވެ. ވެސްޓްހޭމް ދޫކޮށް މި ސީޒަންގައި އާސެނަލާއި ގުޅުނު ޑެކްލަން ރައިސްގެ ފަރާތުން މި މެޗުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިލްހާމް އެމްޑީޕީ ޓިކެޓުގައި ށ. ފުނަދޫ ދާއިރާ އަށް ވާދަކުރައްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މަޖިލިހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އެނގިފައިވާ ގޮތުގައި، މަޖިލިހުގެ ފުނަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދު ކުރައްވަނީ އިލްހާމަށެވެ. ޝާހިދު ވަނީ މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފައެވެ. އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީ ރަށް، ދުބާއީގައި ބާއްވާ ވަރލްޑް ގަވަރމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީ ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް […... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި މިއަދު ވަނީ އެކޮމެޓީގެ ރިޓަށް ބަހުސްއަށް ހުޅުވާލައި، ވޯޓަށް އަހާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލުކޮށްފި އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލުކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. ސިސިލް ގާޑަން, ދަނބު ގޯޅީގައި މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރު ކަމަށް އުރީދޫއިން ބުންޏެވެ. މި ސެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އަމީން 27 އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވި ޏ. ފުވައްމުލަކު، ކަރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑަ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ކުޅިވަރު ބަޔާން މިއުނިކަށް ވެސް ލެވަކޫސެން ނުހިފެހެއްޓުނު މި ސީޒަންގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން ލެވަކޫސެން އަތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވެސް ބަލިވެއްޖެއެވެ. ރޭ ޖަރުމަނު ލީގުގައި މި ދެ ޓީން ވާދަކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. ކުރީ ރެއާލް މެޑްރިޑާއި ލިވަޕޫލުގެ އިތުރުން ބަޔާން މިއުނިކްގެ މެދުތެރޭގައު މޮޅު ކުޅުމެއް ދެއްކި، ސްޕެއިންގެ ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސެން އިން އަދި މިސީޒަންގައި ބަލިވެފައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި އޭޝިއަން ކަޕް 2024، ގެ ފައިނަލުގައި ޖޯޑަންގެ ބަލިކޮށް، މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ގަތަރުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ ލުސައިލް ސިޓީގެ ސްޓޭޑިއަމްގައި ރޭ ކުޅުން ފައިނަލް މެޗު ގަތަރުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޖޯޑަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގައި ގަތަރުން ކާމިޔާބުކުރި ތިން ކަނޑުވެސް ޖެހީ ޕެނަލްޓީންނެވެ. މި ތިން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމްގެ އަކުރަމް އަފީފް ވަނީ ހެޓްރިކް ހަދާފައެވެ. ޖޯޑަންގެ ހަމައެކަނި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު މެޗެއް އިތުރަށް ކުޅެގެން ލިވަޕޫލް އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ. މި މޮޅާއިއެކު މެންޗެސްޓާ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ލިވަޕޫލުން 24 މެޗުން 54 ޕޮއިންޓް ހޯދާފައިވާއިރު، ސިޓީން ވަނީ 23 މެޗުން 52 ޕޮއިންޓް ހޯދާފައެވެ. ލިވަޕޫލް އަތުން ބަލިވި ބާންލީ މިވަގުތު އޮތީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ކަނޑުން ގެއްލުނު ބައި ހޯދައި، ދިވެހި ބިމަކީ ބޭރުގެ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހަދާނަން'' ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން