ރާއްޖެ ރައީސް ދެއްވީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ” ގައި ކުރެއްވި ތަޤްރީރު ގައެވެ. މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބިޔަރުން ޑިއުޓީ ނަގާ، ދައުރު ވަނީ ސައްހަ ވާހަކައެއް ނޫން: ކަސްޓަމްސް ބިޔަރު ދަޅުން އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ޒަމްޒަމް ފެނުން ޑިއުޓީގެ ގޮތުގައި %15ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި %0 ނަގަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ކަސްޓަމްސް އިން ބުނީ ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް ނަގައި، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އުފައްދައިފި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނީ، “ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ”ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރީ ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގްތިސާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށެވެ. ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރަން […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޓިކެޓު އަތުލައި އެމްޑީޕީން ވަކިކުރި ޖާބިރު، މަޖިލިހަށް ވާދަކުރައްވަން ހުށަހަޅުއްވައިފި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލައި ޕާޓީން ވަކިކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. ޖާބިރު، ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މިއަދު މަރުވެއްޖެއެވެ. އައިޖީއެމްއެޗުން ބުނީ މާލޭގެ އިމާރާތަކުން ވެއްޓުނު އިންޑިއާގެ ފިރިހެން މީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ މެންދުރު ފަހު 1:40 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ފިރިހެން މީހާ ވެއްޓުނީ ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީން މިއަަދު ބުނީ، އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާމިގިލި ދާއިރާ އަށް ވާދަކުރަން ޤާސިމް ފޯމް ހުށަހަޅުއްވައިފި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ. މާމިގިލި ދާއިރާ އަށް ވާދަކުރައްވަން އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ޤާސިމްގެ ފަރާތްޕުޅުން އީސީ އަށް ފޯމު ހުށަހަޅާފައި ވަނީ ޤާސިމްގެ އިންތިޚާބީ އޭޖެންޓް މަހްމޫދު ރަމީޒް (ރަމްބެ) އާއި، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު އަދި އެ ޕާޓީގެ ރަޖިސްޓަރާ އަލީ ސޯލިޙް އެވެ. އަންނަ ރައްޔިތުންގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފަނޑިޔާރު ޝުޖޫން ބަދަލުގައި ޖޭއެސްސީ އަށް ސުއޫދު ހަމަޖައްސައިފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ. ސުޕްރީމް ކޯޓުން ބުނިގޮތުގައި ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އައްޔަން ކުރެއްވުމަށް އެ ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެގޮތަށް ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެ އ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫއިން ދޯހާ މެރެތަންގައި ބައިވެރިވާ ނަސީބުވެރިން އިއުލާންކޮށްފި އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ. އުރީދޫ މޯލްޑިވްސް ގެ މި ފުރުސަތުގައު ނަސީބުވެރިންގެ ގޮތުގައި ހޮވުނީ އަފީފް އަބްދުލް ސަމަދް އާއި މުހައްމަދު އަހްމަދުއެވެ. އެ ދެ ކަސްޓަމަރުންނަށްވެސް އެ ކުންފުނިން ވަނީ މަރުހަބާ ކިޔާފައެވެ. މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވައި، މުޖުތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ފްލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000ރ. އަތުލި މައްސަލައެއް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ބަޔަކު 500،000 ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެފައިވާތީ، ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ، ބަޔަކު މީހަކަށް އޮޅުވާލައިގެން ފުލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000 ރުފިޔާ އަތުލީ އޭނާގެ ފޯނަށް ދިޔަ އޯޓީޕީ ހޯދައިގެން ކަމަށެވެ. ފައިސާގެ އޮންލައިން މުއާމަލާތްތަކުގައި ފޯނަށް ނުވަތަ އީ-މެއިލަށް އަންނަ އޯޕީޓީ ދިނުމުން ނޫނީ ހީލަތްތެރިންނަށް ހީލަތުގެ ރޭވުމުން ފައިސާ އަތުލެވޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް އެފަދަ ރަހުމެއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވެއްޓުނީ އިންޑިއާ މީހެއް، އޭނާގެ ހާލު ސީރިއަސް މާލޭގެ އިމާރާތަކުން މިއަދު ވެއްޓުނީ އިންޑިއާ މީހެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތަކުން މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. މި ރިޕޯޓާއެކު ފުލުހުން އެތަނަށް އެޓެންޑްވެ، އެކަން ބަލަންފަށާފައިވާއިރު، އެ ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ އެ އިމާރާތުން ވެއްޓިފައި ވަނީ 20 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. ”އެމީހާ ވެއްޓިފައި ވަނީ އިމާރާތުގެ 9 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ގަލަގާގެ ދެ ލަނޑުން މޮޅުވެ ޗެލްސީއަށް ހަމަޖެހުމެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު، ގަލަގާގެ ލަނޑުތަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖައިންނެވެ. ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވީ ބައްޔެވެ. މި ސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ. ރޭ މޮޅާއިއެކު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން މިއަދު ބުނީ، މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ސީނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތީންނެވެ. ”އެމީހާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން” ފުލުހުން ބުނެފަވެއެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ގައެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން