ތިލަދުންމަތީ ޚަބަރު ދީނީއިލްމުވެރިންނަށް ފޯކައިދޫއިން ކީ ރަތްދޫލައިގެ މަރުހަބާ، ގިނަބައެއްގެ ސަމާލުކަމަށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ށ.ފޯކައިދޫގައި ދަރުސް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގެން ދީނީ އިލްމުވެރިންނަށް، އެ ރަށުގެ ވަރަށް ގިނަބަޔަކު ނުކުމެ ކީ ރަތްދޫލައިގެ މަރުހަބާ ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސް ދެއްވުމަށް އެ ރަށަށް ވަޑައިގެންފައި ވަނީ ދެ އިލްމުވެރިއެކެވެ. އެ އިލްމުވެރިންނަކީ ފޯކައިދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރާއި ލެންޓާން ޖަމިއްޔާގެ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ރާފ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ. Miadhu dhevunu faisaa aaeku, masverin mi dhiya hukuru dhuvahaahisaabah beyni hurihaa mahah faisaa dhee […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނަގަން އެމްޓީއޭ އިން ގޮވާލައިފި އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމުމާ ގުޅިގެން އެކަން ނުކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ. އެމްޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، މުދާ އެތެރެ ކުރާ އެންމެހާ ފަރާތްތަކަކީ ވެސް ޑޮލަރުން ކުރަން ޖެހޭ އެންމެހާ ހަރަދުތަކަށް ވެސް ބޭނުންވާ ޑޮލަރު ބޮޑު އަގުގައި ގަންނަން ޖެހޭ ފަރާތްތަކެއް ކަމަށެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގައިފި މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން ނުވަ ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. މާލޭގެ މަގުމަތިން ކުނި ނެގި އަދަދު: 1.5 ޓަނުގެ 16 ޕިކަޕް 2 ޓަނުގެ 1 ޕިކަޕް 350 ޓަނުގެ 26 ޕިކަޕް 3 ޓަނުގެ 7 ޕިކަޕް […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އާއިޝަތު އަސްވާ އަޙްމަދު ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އާއިޝަތު އަސްވާ އަޙްމަދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ކުޑައިރު ގޭތެރޭ ކުޅެން އުޅޭއިރު ޓީވީން ޤުރުއާން ކިޔަވާތަންފެނި، އަދި ރޭޑިއޮލުން ޤުރުއާން ކިޔަވާ އަޑުއިވި، އޭނާގެ ޝައުގުވެރިކަން ޤުރުއާނާއިމެދު އިތުރުވެގެން ދިޔައެވެ. އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ އަސްވާ، ހއ.އަތޮޅު އެންމެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. އިސްލާމީ ގިނަ ޤައުމަތަކަށް ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނީ މިއަދު އެވެ. މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފި އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސަކަށް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އެކަން ޢިއުލާންކޮށްފިއެވެ. އެ ވުޒާރާއިން މިކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ. މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިންގ ޑިވައިސް” ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަމާއިބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދެ މަޝްވަރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިކަން އެ ކުންފުނިން އިއުލާނުކުރީ އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ހަފްލާގައެވެ. އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭން ނިންމި ލުއިތަކުގެ ދަށުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި މައިންނަށް މަސައްކަތް ކުރުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާބަނޑު އަންހެން މުވައްޒަފުން އަދި ދެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި ކަނޑުމަގުން އެތެރެކުރާ މުދާ އެމްޕީއެލުން ރީ-އެކްސްޕޯޓް ކުރަނީ ރާއްޖެއަށް ކަނޑު މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްސްޕޯޓް ކުރަން ފަށަން އެމްޕީއެލުން ނިންމައިފިއެވެ. އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް ބާރުވެރި ކުރުވައި ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ރާއްޖެއަށް ކަނޑުގެ މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަނީ ބާޒާރުގައި ލުނބޯ އަގުބޮޑުވެފައިވާތީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، ލުނބޯ އަގުހެޔޮކޮށް ވިއްކަން ފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ ކަމަށެވެ. އެގޮތުން، އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ލިބޭއިރު، 25 ކިލޯގެ ބަސްތާއެއް 1،175 ރުފިޔާއަށް ލިބޭނެއެވެ. ލުނބޯ ވިއްކާ އަގު ހެޔޮކުރީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި 281 ވެހިކަލް ނައްތާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް ކުރިއަށް އޮތް ރަމަޟާން މަހަށް ތަކެތީގެ އަގު ހެޔޮ ކުރަން އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމަންޓްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު އިޝާދާ އަހްމަދު ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އައިމިނަތު އިޝާދާ އަހްމަދު، ޤުރުއާނަށް ލޯބި އުފެދުނީ އޭނާގެ އުމުރުން ވަރަށް ހަގުއިރު، އޭނާގެ ދައްތަ (އަޝްވާ) ގޭތެރޭގައި ޤުރުއާން ކިޔަވާތަން ތަކުރާރުކޮށް ފެންނަން ފެށުމާއި ގުޅިގެންނެވެ. ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން އިޝާދާ އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ މި މުބާރާތަކީ އާންމުކޮށް ބާއްވާ މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތަކަށް ވުމެވެ. އިޝާދާ ވަނީ މިހާތަނަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން