ރާއްޖެ ކުށްކުރާ ކުޑަކުދިން އިސްލާހު ކުރަން ހާއްސަ ރަށެއް ކަނޑައަޅަން ނިންމައިފި ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން އިސްލާހު ކުރަން “ހޯޕް އައިލެންޑް” ނަން ކިޔާ ރަށަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން އެގޮތަށް އިއުލާން ކުރި ނަމަވެސް އެ ކުދިން ގެންދާނެ ވަކި ރަށެއް އަދި ކަނޑަނާޅައެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޑިވެލޮޕްމަންޓް ބޭންކް ޖުލައި މަހު އޮޕަރޭޝަނަށް ގެނެވޭނެ: ސައީދު ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވޭ ގޮތަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ޖުލައި މަހު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހއ. ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލު ކުރުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ވެގެން ދާނީ ރާއްޖޭގެ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ 10،000 ޑޮލަރަށް ވުރެ އިތުރަށް ގެންދާ ނަމަ، ހޯދި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރަނީ! ނަގުދު ފައިސާގެ ގޮތުގައި 10،000 އަށް ވުރެ ގިނަ ޑޮލަރު ރާއްޖެ އިން ބޭރަށް ގެންދާ ނަމަ، އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ސުވާލު ކުރާ ގޮތަށް ނިންމައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފިއެވެ. ހޯމް މިނިސްޓްރީ އާއި އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާތައް ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެކުރިން ނަމަ، 10،000 އަށް ވުރެ ގިނަ ޑޮލަރު ހިފައިގެންދާ […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދިއްޕޮޅާއި ފުނަދޫގައި އެސްއީއެޒް މަޝްރޫޢު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން، ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް އިފްޒާގެ ކުންފުނީގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރާން ނިންމާފައިވާއިރު، ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް، އެރަށުގައި ޤާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ފުލަމް ބަލިކޮށް ސިޓީ ތަށި ދިފާއުކުރުމާއި ގާތަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލީގު ކާމިޔާބު ކުރުމާއި ދާދި ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ތިން ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. ފާއިތުވި އަށް ސީޒަނަށް ބެލިނަމަވެސް ލީގު ހޯދުމުގައި ސިޓީ އުޅެނީ އެހެން ޓީމްތަކަށްވުރެ މާ ބޮޑަށް ވެސް ކުރީގައެވެ. ފާއިތުވި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ފަށައިފި ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބާއްވާ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ފަށައިފިއެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ބައިވެރިވެފައި ވަނީ 9 ޓީމެކެވެ. މިދިޔަ އަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. މިދިޔަ އަހަރު މުބާރާތުގައި 10 ޓީމް ބައިވެރިވިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ޔުނައިޓެޑް ޔޫތެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުއިއްޒުގެ ޓީމް ރޫޅާލަން ފަތުރާ ދޮގު ހަބަރުތަކުން ވާނީ ފަޟީހަތް: އަދުރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ރޫޅާލަން ފަތުރާ ދޮގު ހަބަރުތަކުން ވާނީ ފަޟީހަތް ކަމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މިއީ ފަލަސްތީނު ރައްޔިތުން އިންސާފު ހޯދުމަށް ލިބުނު ތާރީހީ ކާމިޔާބެއް: ރައީސް އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން އދ. ގެ އާންމު މަޖިލިހުން ރޭ ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލިހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގަރާރަށް […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ފޯމް ޕާޓީ އަދި މޫވީ ނައިޓް މިއަދު އުފާ ފެސްޓިވަލުގައި! ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގެ ދެވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ފޯރިގަދަ ހަރަކާތްތަކެއް ތާވަލުކޮށްފިއެވެ. އުރީދޫން ބުނިގޮތުގައި އިއްޔެ ސެންޓްރަލް ޕާކުގައި ފެށި ހަރަކާތަތްކުގެ ތެރެއިން މިއަދު ހަވީރު 4:00 އިން ފެށިގެން އެ ކުންފުނިން ރާވާފައިވާ “ވޯޓާ ފަން” ކުރިއަށްދާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް ކަމަށް ވެސް ބުންޏެވެ. މި ހަރަކާތުގައި އަމިއްލަ ފެން ބަޑިއެއް ހިފައިގެން... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލިހުން ފާސްކޮށްފި އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އދ. ގެ އާންމު މަޖިލިހުން ރޭ ފާސްކޮށްފިއެވެ. އދ. ގެ އާންމު މަޖިލިހުން މިކަމާ މެދުގައި ގޮތެއް ނިންމި ކަމުގައި ވިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ. އ.ދ. އިން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި އާންމު މަޖިލިހަށް “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އެމްބާޕޭ ޔަގީން ކޮށްދީފި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ކިލިއަން އެމްބާޕޭ މި ސީޒަނަށް ފަހު އެ ޓީމް ދޫކޮށްލަން ނިންމާފައިވާކަން ފުރަތަމަ ފަހަރަށް މީޑިއާގައި އޭނާ ހާމަކޮށްފިއެވެ. އެމްބާޕޭ މިކަން ކަށަވަރު ކޮށްދީފައި ވަނީ ހުކުރު ދުވަހު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި އޭނާ ބުނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭވަގުތު ޖެހުމުން ވާހަކަ ދައްކާނެކަމަށް އަހަރެން އަބަދުވެސް މިއައީ ބުނަމުން ކަމަށާއި، މި ސީޒަނަކީ އޭނާ ޕީއެސްޖީއަށް ކުޅޭނެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ: މެޓް މިހިނގާ މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ. އެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ކަސެމީރޯ އަށް ބްރެޒިލް ސްކޮޑުން ފުރުސަތެއް ނެތް އަންނަ މަހު 20 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި ސްކޮޑުން، ކަސެމީރޯއަށް ފުރުސަތު ގެއްލިއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 32، އަހަރުގެ ކަސެމީރޯއަށް ބްރެޒިލްގެ ސްކޮޑުން ފުރުސަތު ގެއްލިފައި މިވަނީ، ޕްރިމިއާ ލީގުގައި ވެސް އޭނާގެ ޕާފޯމެންސް ދަށްވެފައި ވާ ދަނޑިވަޅެއްގައެވެ. ކަސެމީރޯ ވަނީ ބްރެޒިލް ސީނިއާ ޓީމަށް 75 މެޗު ކުޅެފައެވެ. ބްރެޒިލްގެ ކޯޗްގެ މަގާމުގައި ހުރި ޑޮރިވާލް، ކޮޕަ އެމެރިކާއަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ދިވެހި ކުޑަކުދީން ބޮޑެތި ކުރާންވާނީ ދީނާއި ޤައުމު އިސްކުރާ އުޅުންހުރި ޖީލެއްގެ ގޮތުގައި: ރައީސް ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށާއި، މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ 1981 ވަނަ އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގާހުދުވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނު މިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާ ދުވަސްވަރަކަށްވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ. އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޅު ފުން... މުޙައްމަދު · 2 އަހަރު ކުރިން