މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ނިންމާލައިފިއެވެ. މަޖިލިހުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އެކަމަކު، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް ފަސްކޮށްފައެވެ. އެއް ގަޑިއިރު ފަހުން ފަށަން ބެލި އިރު ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ. އެހެންވެ، ޖަލްސާ ފެށުން މިއަދު ހެނދުނު 11:00 އަށް ފަސް ކުރުމުން […]

މުޙައްމަދު
ސައިޑް އިފެކްޓާހެދި އެކި ގައުމުތަކުން އެސްޓްރާ ޒެނެކާ ވެކްސިން ނަގަނީ

ސައިޑް އިފެކްޓާހެދި އެކި ގައުމުތަކުން އެސްޓްރާ ޒެނެކާ ވެކްސިން ނަގަނީ

ކޮވިޑް 19 އާ ގުޅިގެން އެސްޓްރާ ޒެނެކާއިން އުފެއްދި ވެކްސިން އެކި ގައުމުތަކުން އަނބުރާ ނަގަން ފަށައިފިއެވެ. ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުން އެސްޓްރާ ޒެނެކާ ވެކްސިން އެކި ގައުމުތަކުން ނަގަން ފަށާފައިވަނީ އެ ވެކްސިންގެ ސަބަބުން ނުރައްކާތެރި އަދި މަދުން ނޫނީ ނުފެންނަ ސައިޑް އިފެކްޓްތައް ފެންނަތީއެވެ. އެހެން ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވެކްސިން އަނބުރާ ނަގަން އެ ކުންފުނިން ނިންމީ ޑިމާންޑް ކުޑަވުމުންނެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކުން ވެކްސިން […]

އަޙްމަދު ވަހީދު
އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ތަރައްގީ ކުރާ “ކާފަމާމަ މައިޒާން” ހެދުމަށް ބޭނުންވާ ބިމާއި މާލީ އެހީ، އިހަވަންދޫ ކައުންސިލުން އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޕޯލްސްޓާއާއި ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ...

އިބްރާހިމް ޚަލީލް
ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު ލިޔުއްވި ފޮތް ނެރެފި

ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު ލިޔުއްވި ފޮތް ނެރެފި

ޤުރުއާންގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު އަބްދުﷲ ލިޔުއްވި ފޮތް ނެރެފިއެވެ. އިސްލާމް ދީނުގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭ ވަރަށް މުހިންމު ގިނަ މައުލޫތަކާއި ގުޅޭ ވަރަށްގިނަ މައުލޫމާތު ހިމަނާފައިވާ މި ފޮތް ނެރެދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝެއިޚް މުހައްމަދު ލަތީފެވެ. ޝައިހް ޝަފީއު ވިދާޅުވެފައި ވަނީ އިސްލާމީ މުޖުތަމައުތަކުގައި ތަފާތު ގިނަގުނަ ވަބާތަކާއި އިޖުތިމާޢީ ބަލިމަޑުކަން މިހާރު ފެތުރިފައިވަނީ މިއިން ޒަމާނަކު އެ ކަންކަން ފެތުރިފައި ނެތް […]

އިބްރާހިމް ޚަލީލް
ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ދާއިރާގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލިހަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރު ކަމުން...

މުޙައްމަދު
އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ފަރާތުން ތުރުކީ އަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ. ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުގައި އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ނިންމަވާފައިވާ އިރު، މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަ...

މުޙައްމަދު
ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މަރާމާރީ ހިންގީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް އަދި ބިޒްނަސް ވިސާގައ...

މުޙައްމަދު
އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ށ.އަތޮޅު ކައުންސިލުން އެހީ ދެނީ

އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ށ.އަތޮޅު ކައުންސިލުން އެހީ ދެނީ

އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ށ.އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ އަތޮޅު ރަށްތަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރީ ކުރިތާ އަހަރެއް ވެފައިވާ ޖަމިއްޔާތަކަށެވެ. މި ފުރުސ...

އިބްރާހިމް ޚަލީލް
އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ

އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ

އައްޑޫ ސިޓީގެ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު މިހާރު އެ ސިޓީގައި ބަހައްޓާފައިވާ ޕްލާންޓުން އުފައްދާ ފެނަށްވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށް ބުންޏެވެ. އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ […]

އަޙްމަދު ވަހީދު
ބީއެމްްއެލުން ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ ހަމައަށް ހޯމް ލޯން

ބީއެމްްއެލުން ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ ހަމައަށް ހޯމް ލޯން

ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ. ބީއެމްއެލުން ބުނީ، ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފު ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު ކަމަށެވެ. އަލަށް ތައާރަފު ކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު […]

އަޙްމަދު ވަހީދު
އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަން ކުނިކަހައި ސާފުކޮށް، ކުނިނެގުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް، މަހަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓަކާއިއެކު ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ކައުނ...

އިބްރާހިމް ޚަލީލް
އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

މާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު ހަތް މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި  2017 ވަނަ އަހަރު ގްރޫޕަކުން ގޮސް އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން […]

ޙުސައިން ޝަހުދީ
މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް

މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯ ކުރެއްވި މައްސަލައިގައެވެ. އެ […]

މުޙައްމަދު
ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލު ކުރަން ޖެހޭ: އަސްލަމް

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލު ކުރަން ޖެހޭ: އަސްލަމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި  އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ. ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގައެވެ. މި ހަމަލާ ދިނީ ރޯދަ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، ގ. ކެނަރީގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކުގައި މަޖީދީ މަގުގައި […]

މުޙައްމަދު
ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

ފުލުހުންގެ އިދާރާގެ ވަޒީފާތައް ދިވެހިންނަށް އިސްކަން ދެވޭ ގޮތަށް ދިނުމަށް ނިންމައިފި އެވެ. ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނައުމަށާއި އެ މީހުންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައި ވަނިކޮށް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއުލާން ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް ހެދުމުގެ ގޮތުން ކަމަށެވެ. […]

މުޙައްމަދު