ރާއްޖެ ޕޮންޒީ ސްކީމްގެ މައްސަލާގައި އަލްހާނާއި ދެ ކޮއްކޮއަށް ވަކީލުން ހޯދަން 10 ދުވަސް ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތުގައި ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. އަލްހާނާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ސަހުބާން އިތުރުން ޝަޒްބާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ލިވަޕޫލާއި އެއްވަރުކޮށް ވިލާއިން އުންމީދު ދަމަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އެއްވަރުވެ، ލިބުނު ޕޮއިންޓާއިއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވިލާއިން ކުރަމުން އަންނަ އުންމީދު އައުވެއްޖެއެވެ. ޔޫރަޕްގެ ރަނގަޅު ރެކޯޑްތަކެއް އޮތް އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ލިބުނު ޕޮއިންޓާއިއެކު އެސްޓަންވިލާ މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި އޮތީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ 2 އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރަނީ ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ނިންމައިފިއެވެ. އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާލާއިރު، އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://twi... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އިސްރާއީލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުގެ ޝުކުރު ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމަށް ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ. އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ރަސްމީ “އެކްސް” އެކައުންޓުން ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އެއްބައިވެ، ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ “އެކްސް” އެކައުންޓުން ކުރި […... މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ސޮސިއެޑާޑް ބަލިކޮށް ބާސާ އެއް ފިޔަވަޅު ކުރިއަށް ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި ހަތަރު މެޗު ބާކީ އޮއްވައި ރެއާލް މެޑްރިޑުން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ރޭ މެޗަށް ނުކުތްއިރު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ ކުޅުނު 35 މެޗުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަކެއް ރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފި ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ، ކުށެއް ނެތް ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ކުރިން ވެސް ބުނަމުން އަންނަ ބުނުން ތަކުރާރުކޮށްފައެވެ. އިރުމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫއަށް ނަގޫރޯޅިއެއް އަރައި 6 ފްލެޓެއްގެ ފުރާޅު އެއްލާލައިފި ހއ. ދިއްދޫ އަށް ރޭ ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި ހަ ފްލެޓެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ އިތުރު ފަރާތްތައް ގުޅިގެން މިހާރު ފުރާޅުލެވި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަގުތީ ނޫނީ ދާއިމީ ހިމާޔަތެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. “ދިއްދޫ ރައްޔިތުންގެ އެއްބާރުލުން ވެސް މިކަމުގައި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ބަނޑޭރިކޮށީގައި ހުރި ފަޅު އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ ފަޅު އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެކެވެ. އެމީހާ ފެނުނު އެޕާޓްމަންޓަކީ މީހުން ނޫޅޭ ފަޅުތަނެއްކަމަށް ކަށަވަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިތުރު މައުލޫމާތު ކަންކަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު: ރައީސް ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މަޑުން ތިބެގެން ނުވާނެ ކަމަށެވެ. ފަލަސްތީނުގެ ޣައްޒާގ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޕޮންޒީ ސްކީމްގެ މައްސަލާގައި އަލްހާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަަމާ ފަަށަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ. ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ. ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ލެވަކޫސަން ބަލިނުވެ 50 މެޗު ހަމަކޮށްފި ރޭ ޖަރުމަނު ލީގުގައި ރަށުން ބޭރުގައި ބޮކުމްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލެވަކޫސަންއިން ބަލިނުވެ 50 މެޗު ހަމަކޮށްފިއެވެ. ރޭ ބޮކުމްގެ ދަނޑުގައި ލެވަކޫސަން އިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮކުމް ބަލިކޮށްފައެވެ. މި ސީޒަންގައި އާދަޔާ ހިލާފް މޮޅަށްކުޅެ، ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަންއަކީ މިހާރު ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. ބެންފީކާއިން ވަނީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ ކާޑު މެޝިންތަކުން ވީޗެޓް ޕޭ އިން ފައިސާދެއްކޭ ގޮތް ހަދައިފި ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އެ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ. ބީއެމްއެލުން ތައާރަފުކުރި މި ހިދުމަތާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިނ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އއ. އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުން ބުނީ ސައިކަލުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރު 14:30 އެހާކަންހާއިރެވެ. އެކުއްޖާ ސައިކަލުން ވެއްޓިފައިވަނީ އުކުޅަހު ހިއްކި ސަރަހައްދުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާ އަށް އުކުޅަހު ސިއްހީ މަރުކަޒުގައި ފަރު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދެނީ މާލޭގެ ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ކެފޭއެއްގެ ދުންހޮޅިން އެ ކެފޭގެ ބަދިގެތެރެއަށް ދުން ލީކުވެގެން ހަތް މީހަކު އަނބުރައިގަތުމުގެ ހާދިސާއެއް ރޭ ފަތިހުު ވަނީ ހިނގާފައެވެ. އެ ކެފޭއަކީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެކެވެ. މި ހާދިސާ ހިނގައި، މި ހާދިސާގައި އަނބުރައިގަތް ހަތް މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:50 ހާއ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން