ރާއްޖެ ބޮޑު ޢީދު ދުވަހަކީ މިމަހުގެ 16، ހައްޖު ދުވަސް އަވަސް ވެއްޖެ މިއަހަރުގެ ބޮޑު ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިއެވެ. މިގޮތަށް ނިންމިކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރީ، އެ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހިލޭ ހައްޖަށް ފޮނުވާ 48 މީހުން މާދަމާ ފުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 ފަގީރުންގެ ތެރެއިން 48 މީހުން މާދަމާ ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެގޮތުން މި އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ކަނޑައަޅައި ހައްޖު ކޯޕަރޭޝަނާ ހިއްސާކޮށްފައެވެ. މި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު ފޮނުވައިފި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވައިފިއެވެ. މޯދީ އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް ދެއްވާފައިވާ ކަން ހާމަކުރީ އިންޑިއާގެ މީޑިއާތަކުންނެވެ. އެކަމަކު، އެ ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެނ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މިދިޔަ 2 މަސްތެރޭ 7.8 ކިލޯގެ މަސްތުވާތަކެތި، 17 މިލިއަނަށް އަރާ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ކުރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމުން މިއަދު ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައި ފަސިންޖަރުން އަދި ކުރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ނިހާންގެ މައްޗަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތައް އަނބުރާ ގެންދަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ. ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް 2019 ވަނަ އަހަރު ކުރީ މަޖިލިސް މެމްބަރަކަށް އޭނާ ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ އާއި ރޮލެކްސް ގަޑި ހޯއްދެވި ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީން ހަދައިފި ކުށުގެ ރެކޯޑު ސާފުކޮށްދިނުން އިތުރަށް އަވަސްކޮށް، ހަލުއިކޮށް، ދުވަހުން ދުވަހަށް ލިބޭނޭގޮތް ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހެޅި ދުވަސް ދޫކޮށްފައި، ޖެހިގެން އަންނަ ދުވަހެވެ. ޕީޖީން ބުނީ އެ އޮފީހުގެ އަމާޒަކީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޒަމީރު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރްދަނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން ބަހަދިކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ލަންކާ އާއި ރާއްޖެއަކީ ގާތް ރަހުމަތްތެރި ދެ ގައުމުކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކަމާއެކުގައި ދެމެހެއްޓުމަށް ކުރެވިދާނ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 30 ޖޫން 2024 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެޗްއާރުސީއެމުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ ރައީސްގެ ބިއުރޯގެ ވެރިޔަކަށް ނިހާން ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް, އަޙްމަދު ނިހާން ހުސައިން މަނިކު އައްޔަން ކުރައްވައިފިއެވެ. 18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ނިހާން މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ. މަޖިލީހުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާ ނިހާނަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީތަޢުލީމް ހާސިލްކުރައްވައިގެން ހުންނެވި ތަޖުރިބާކާރު، ޤާބިލު ބޭފުޅެކެވެ. މަޖިލީހުގެ ޕާލަމެންޓްރީ ސާވިސް ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅުތަކަށް އެހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބިސްގަނޑެއް އަޅައި ނުދީގެން ޝެފަކު މަރާލި މައްސަލަ މިއަހަރު ނިންމަނީ ބިސްގަނޑެއް އަޅައި ނުދިން ކަމަށް ބުނެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ބިދޭސީ ޝެފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. ދައުލަތުން ބުނާގޮތުން އޭނާ މަރާލި […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ މީހުން ބަރަހަނާކޮށްގެން ފޭރޭ މައްސަލައެއްގައި ނިލަންދޫ ދެމަފިރިއަކު ހައްޔަރުކޮށްފި މީހުން ރަހީނު ކުރުމަށް ފަހު ބަރަހަނާ ކޮށްގެން، ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ފ. ނިލަންދޫއަށް ނިސްބަތްވާ ދެމަފިރިއަކު ބަންދުކޮށްފި އެވެ. އެ މައްސަލާގައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ ނިލަންދޫއަށް ނިސްބަަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ބޮބީގެ ދެ ގާތިލުން މަރަން ހުކުމްކުރި މައްސަލަ ހައި ކޯޓުގައި ނުފެށި ފަސް އަހަރު މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ފަސް އަހަރު ފަހުން ވެސް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ކެންސަލްވެއްޖެ އެވެ. ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު ކައުންސިލުން 15 ބަގީ ހޯދަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށް ބޭނުންވާ 15 ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެކައުންސިލުން ހޯދަން އިޢުލާންކޮށްފައިވަނީ 11 މީހުންގެ ޖާގައިގެ ބަގީތަކެކެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 13 ވަނަ ދުވަހުގެ 0000 ގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑައިވިން ނިންމާލިފަހުން ހާލުދެރަވި ފަތުރުވެރިއަކު މަރުވެއްޖެ ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ފަތުރުވެރިއަކު ޑައިވިން ނިންމާލިފަހުން ހާލުދެރަވެ، މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ޗައިނާއަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އެމީހާ އަކީ ފުވައްމުލަކު ކައިރީ އޮންނަ ޓައިގަރ ޝާކް ޕޮއިންޓަށް ޑައިވިންއަށް ފޭބި މީހެއް ކަމަށެވެ. އެމީހާ ޑައިވިން ނިންމާލައި ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު 11:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ”އެމީހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއިން 5 އަހަރުން 5 ލައްކަ ގަސް އިންދަނީ ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފިއެވެ. ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން