މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ކުރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައި ފަސިންޖަރުން އަދި ކުރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

Ad
rt

މިގޮތުން ތަފާތު ހަތަރު މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

މި ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކްކެތިނޯން، ކޮކެއިން، އަދި ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. އެއީ 7.8 ކިލޯގެ މަސްތުވާތަކެއްޗެވެ.

މީގެތެރޭގައި ހިމެނެނީ:

• 5،670 ގްރާމްގެ ކޮކެއިން

• 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ

• 300 ގްރާމްގެ ހެރޮއިން

• 180 ގްރާމްގެ ސިންތެޓީކް ކެތިނޯން

އެ ތަކެތީގެ މަގުމަތީ އަގު 17.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި މައްސަލަތަކުގައި ޝާމިލްވާ މީހުންނާއި އަތުލައިގަތް ތަކެތި ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.