ކުޅިވަރު ޓްރެބްޒޯންސްޕޯގެ ކޯޗުކަން ރެއިސް ގަބޫލުކުރީ ސަލާހްގެ ސަބަބުން ތުރުކީގެ ޓްރެބްޒޯންސްޕޯގެ ކޯޗުކަމާ ޖަރުމަނުގެ ތޯމަސް ރެއިސް ހަވާލުވެއްޖެއެވެ. ބުރާސްފަތި ދުވަހު އެ ކްލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ، މިސްރުގެ މަޝްހޫރު ފޯވާޑް މުހައްމަދު ސަލާހާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ ޝައުގުވެރިކަމުގައެވެ. ބަލްގޭރިއާގެ ލުޑޯގޮރެޓްސް ދޫކޮށް ޓްރެބްޒޯންސްޕޯއާ ގުޅުނު ޖަރުމަނުގެ ކޯޗު ވަނީ އެ ކްލަބާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރެއިސް އެ މަގާމާ ހަވާލުވީ، މިދިޔަ މަހު ޔޫރޯޕާ ލީގުން ޓްރެބްޒޯންސްޕޯ ކެޓުމާ ގުޅިގެން މަގާމުން އިސްތިއުފާ ދި... އަޙްމަދު ވަހީދު · 1 މަސް ކުރިން
ކުޅިވަރު އިންޓަ މިއާމީއަށް މެސީގެ 100 ވަނަ ލަނޑު، ކްރޫޒް އަޒޫލް ބަލިކޮށް ތަށި އުފުލާލައިފި ބުދަ ދުވަހުގެ ރޭ ކުޅުނު ކަމްޕިއޯނެސް ކަޕްގެ ފައިނަލް މެޗުގައި މެކްސިކޯގެ ކްރޫޒް އަޒޫލް 2-0 އިން ބަލިކޮށް، އިންޓަ މިއާމީއިން އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ. މި މެޗުގައި އިންޓަ މިއާމީއަށް ކުޅެދިން 115 މެޗުން ލިއޮނެލް މެސީ ވަނީ އެ ކްލަބަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑު ޖަހައި ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއާމީގެ ދެވަނަ ލަނޑު ޖަހައިދިނީ ކަސެމީރޯއެވެ. މެޗުގެ 24 ވަނަ މިނެޓުގައި މިއާމީއަށް ލީޑު ނަގައިދިން ލަނޑު […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ރާއްޖެ ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި [... އަލީ އާދިލް · 1 މަސް ކުރިން
ސިޔާސީ ޕީއެންއެފްއިން 2،500 މެންބަރުން ވަކިކުރިކަމަށް ބުނެ އީސީގެ ރައީސްގެ މައްސަލައެއް ފުލުހަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެމްބަރުން ވަގަށް ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ އެ ޕާޓީން މިއަދު ފުލުހަށް ހުށަހަޅައިފި އެވެ. ޝަކީލްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖައިޒު މަންފާ ހޯދައި ދިނުން ހިމެނެ އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށްފަހު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު […] އަލީ އާދިލް · 1 މަސް ކުރިން
ޚަބަރު 50 މިލިއަން ޑޮލަރު ދެއްކިޔަސް ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ: ފިނޭންސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ ބާކީ ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި 150 މިލިއަން ޑޮލަރު ރައީސް ޑރ. މުހައްމަދު […] އަލީ އާދިލް · 1 މަސް ކުރިން
ވިޔަފާރި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ކަންޓްރީ ހެޑްގެ މަގާމަށް އަޙްމަދު ނޫމާން ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން، އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑްގެ މަގާމަށް އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. ނޫމާން އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ އިންޓަނޭޝަނަލް ރޯމިންގް ސާވިސަސް (އައިއާރުއީޖީ) އެކްޒެކެޓިވްއެއްގެ ގޮތުގައެވެ. އެ މަގާމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2015 ވަނަ އަހަރުގެ ޖަނަވަރީ […] އިބްރާހިމް އަސްވާޤް · 1 މަސް ކުރިން
ވިޔަފާރި މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާނުކޮށްފައެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އެ ދެ ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަދު ކަމަށެވެ. ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލީ ބޭފުޅަކާއި ގއ. ނިލަންދޫ ބޭފުޅެކެވެ. އެގޮތުން... އަލީ އާދިލް · 1 މަސް ކުރިން
ސިޔާސީ ޔާމީންގެ ޝަރީއަތް އެއްއަހަރު ފަހުން މިމަހު ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް އަހަރެއްހާ ދުވަސް ފަހުން މިމަހުގެ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ […] ހުސައިން ހަބީބް · 1 މަސް ކުރިން
ރާއްޖެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް ގެންނަ ބަދަލުތަކުގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހޭނެ: ޝާހިދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި ގެންނަ ކޮންމެ ބަދަލަކީ، އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ފައްޓަވާފައިވާ ޝާހިދު މިހެން ވިދާޅުވީ، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަ... އަލީ އާދިލް · 1 މަސް ކުރިން
ބައިނަލްއަގުވާމީ އިސްރާއީލާއި މޮރޮކޯގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް، ސީދާ އުދުހުންތައް އަލުން ފަށަނީ އިސްރާއީލާއި މޮރޮކޯއާ ދެމެދު އޮތް ސިޔާސީ ގުޅުން ފުރިހަމަ އެމްބަސީގެ ފެންވަރަށް މަތީ ދަރަޖައަކަށް ބަދަލުކޮށް، ސަފީރުން ބަދަލުކުރުމަށާއި، މި އަހަރު ނިމުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް އެ ދެ ގައުމުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އައިސްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މިއީ އެމެރިކާއާއި މޮރޮކޯ އަދި އިސްރާއީލުގެ މެދުގައި އުފެދިފައިވާ ތިންފަރާތް އެކުވި ގުޅުމަށް ހަ އަހަރު ފުރެން ކައިރިވެފައިވަނިކޮށް އެޅި މުހިންމ... ނާޒިމާ އަލީ · 1 މަސް ކުރިން
ވިޔަފާރި މޯލްޑިވިއަންގެ ދަތުރުތަކުގައި އިއްތިހާދު ''ގެސްޓް މައިލްސް'' ބޭނުން ކުރެވޭގޮތް ހަދައިފި އިއްތިހާދު އެއާވޭސްގެ ލޯޔަލްޓީ ޕްރޮގްރާމް، ‘އިއްތިހާދު ގެސްޓް’ މެންބަރުންނަށް އެ ފަރާތްތަކުގެ މައިލްސް ރިޑީމްކޮށްގެން މޯލްޑިވިއަންގެ ނެޓްވޯކްގެ މަންޒިލްތަކަށް ދަތުރުކުރެވޭނެ އައު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އިއްތިހާދު އެއާވޭސްއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ތެރެއިންނެވެ. މިއީ ދެ އެއާލައިންގެ ދެމެދުގައި މިހާރުވެސް އޮތް އިންޓަލައިން ޕާޓްނާޝިޕް އި... ޝިއުނާ އާދަމް · 1 މަސް ކުރިން
ރާއްޖެ އުނގޫފާރުގައި ކުރިއަށްދާ ސާޖިކަލް ކޭމްޕުގައި ކާމިޔާބުކަމާއެކު ގިނަ އޮޕަރޭޝަންތަކެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހާއްސަ ސާޖިކަލް ކޭމްޕުގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި ކޭމްޕުގައި ހަރަކާތްތެރިވާ ސާޖަރީ ޓީމުން ދަނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ މި ޓީމުގެ ކޮމިޓްމަންޓާއި ހުނަރުވެރިކަމުގެ އިތުރުން، އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސާޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުވެ، އެ ސަރަހައްދުގެ ބަލިމީހުން... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ. އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން […] ހުސައިން ހަބީބް · 1 މަސް ކުރިން
ވިޔަފާރި މޫލީއިން އައިފޯން 18 ޕްރޯއަށް ޕްރީ އޯޑަރު ނަގަން ފަށަނީ 18 ސެޕްޓެމްބަރުގައި އެޕަލް ކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި އައިފޯން 18 ޕްރޯ މޮޑެލްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްގެ “މޫލީ” މެދުވެރިކޮށް 18 ސެޕްޓެމްބަރު 2026 ގެ މެންދަމު 00:00 ގައި ހުޅުވާލަން ނިންމައިފިއެވެ. އުރީދޫއިން ވަނީ މި ފޯނުތައް އެންމެ ފުރަތަމަ ހޯދާ ފަރާތްތަކުގެ ތެރޭގައި ހިމެނުމަށް ތައްޔާރުވުމަށް ދިވެހިންގެ ކިބައިން އެދިފައެވެ. މި ފޯނުތައް ތަޢާރަފުކޮށްފައިވަނީ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ […] އިބްރާހިމް އަސްވާޤް · 1 މަސް ކުރިން
ވިޔަފާރި މޯލްޑިވިއަނުން މާލެއާއި ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ދ. ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން ފެށި، މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،111 ރުފިޔާއެވެ. މި އައު ދަތުރުތައް އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ބަހައްޓާފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި، މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު މި ދަތުރުތައް ފެށީ ދ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމ... ފާތިމަތު ސަޙާ · 1 މަސް ކުރިން