މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޗައިނާގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރު ފަށައިފި

ޗައިނާގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރު ފަށައިފި

ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމަށްވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވީއައިއޭގައި ޖައްސާފައިވަނީ އިއްޔެ ހަވީރު 05:40 ގައެވެ. މި އެއާލައިނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި،...

އަޙްމަދު ވަހީދު
ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެޗްޕީއޭގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި ގޮތުގައި އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް […]

މުޙައްމަދު
ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް

ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި […]

މުޙައްމަދު
ދިވެހި ފުޓްބޯޅަ ލެޖެންޑް ބަކާ ނިޔާވެއްޖެ

ދިވެހި ފުޓްބޯޅަ ލެޖެންޑް ބަކާ ނިޔާވެއްޖެ

ދިވެހިރާއްޖޭގެ ފުޓްބޯޅަ ލެޖެންޑެއްކަމަށްވާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވީއެވެ. އޭނާގެ ހާލު ސީރިއަސްވީ ހުންގަދަވެގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ބަކާ އަށް އޭޑީކޭ އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ބަކާ އަކީ ދިވެހި ގައުމީ ފުޓް...

ޔުމްނާ ޢަލީ
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޖޫން 8 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާ އަށް […]

މުޙައްމަދު
އެންޑީއޭގެ ބޯޑު އަލުން އެކުލަވާލައި، ޗެއާމަނަކަށް ލުބްނާ

އެންޑީއޭގެ ބޯޑު އަލުން އެކުލަވާލައި، ޗެއާމަނަކަށް ލުބްނާ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައިފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކުރާ “ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު” ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އެކުލަވާލާފައިވާއިރު، އައު ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ލުބްނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވާފައެވެ. މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުން: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ...

ޔުމްނާ ޢަލީ
ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސިނަމާލެ ތިނެއްގެ ޓެރަސް މަތިން ވައްކަން ކުރަން އުޅުނު މައްސަލައެއް ރޭ ފަތިހު އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. މި މައްސަލައިއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، 35 އަހަރުގެ ދެމީހުންނާއި 42 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ރޭ ފަތިހު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލަ އެ އިދާރާއިން […]

ޔުމްނާ ޢަލީ
ޝާޚްޒާދާ މުމްތާޒު ވާހަކައިގެ ޚުލާޞާ

ޝާޚްޒާދާ މުމްތާޒު ވާހަކައިގެ ޚުލާޞާ

ދުނިޔެ އާބާދުވެގެން އައި ޒަމާނުގައި ހަތް ރަށެއް ވަކީން އާބާދުވެގެން އައެވެ. އެ ހަތް ރަށަށް ކިޔަނީ ހަފުތަ އަގުލީމެވެ. ހަފުތަ އަގުލީމުގެ ރަސްކަލަކީ ޝާޚު ބުލަންދު އިޤްބާލެވެ. އެ ރަސްގެފާނުގެ ވަޒީރަކީ ތަދުބީރުލް މުލުކެވެ. ރަސްގެފާނުގެ ހަތް ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރެއިން ދޮށީ ހަބޭފުޅުންނާ ސީނު ރަސްގެފާނުގެ ހަ އަންހެން ބޭފުޅުންނާ ކައިވެނި ކޮށްދެއްވިއެވެ. އަދި އެންމެ ހަގަށް ހުންނެވި ޝާޚު ޒާދާ މުމްތާޒާ ރަސްގެފާނުގެ ބޮޑުދައިތާ ކަމަނާގެ ދަރިކަނބަލުން ޖަވާހިރުޒާދީ އާ […]

ޢަބްދުﷲ ސަޢީދު
ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ

ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ، ޕީއެންސީ ހައުސްގައި ޖަގަހަ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިރު ދުވަހު (ޖޫން 23 ވަނަ ދުވަހުގެ) ރެއެވެ. ޕީއެންސީން ބުނީ މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ފަސް ބޭފުޅެއް ވާހަކަ ދައްކަން ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެ ބޭފުޅުންނަކީ، ޕީއެންސީގެ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ޔުމްނާ ޢަލީ
ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި

ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރުޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބްރެޒިލް އިން ވަނީ، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާއި އަމާޒުނުވެދިޔައިރު، ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓަރިކާގެ ކީޕަރެވެ. މެޗުގެ 30 […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް

ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑުޖަހައި ކްރޮއޭޝިއާ ރޮއްވާލުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗަށް ރޭ އިޓަލީއާއި ކްރޮއޭޝިއާ ނުކުތްއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ކްރޮއޭޝިއާ އަށް އިޓަލީ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް އިޓަލީއަށް ފުއްދާލެވެން އޮތެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. […]

އިބްރާހިމް ޚަލީލް
ސެމްސަންގުން އޭއައި ޗިޕް އުފައްދަނީ

ސެމްސަންގުން އޭއައި ޗިޕް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްސް އުފެއްދުން އަވަސް ކުރުމަށް ސެމްސަންގް އިލެކްޓްރޯނިކްސް އިން އާ ސްޓްރެޓެޖީއެއް އާންމުކޮށްފި އެވެ. އެ ކުންފުނީގެ މެމޮރީ ޗިޕް، ފައުންޑްރީ އަދި ޗިޕް ޕެކޭޖިންގެ ހިދުމަތް ވަން ސްޓޮޕް ފިހާރައަކަށް އިންޓަގްރޭޓްކޮށް، ޕްރޮޑަކްޝަން ޓައިމް ގާތްގަނޑަކަށް 20 ޕަސެންޓް ކުޑަކުރަން ވަނީ ނިންމައިފަ އެވެ. ސެމްސަންގުން މިގޮތަށް ނިންމާފައި މިވަނީ ދުނިޔޭގެ ޗިޕް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސެމްސަންގުން އަންދާޒާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކުންފުނިން ވ...

އަޙްމަދު ދާއޫދު
ގަސް މިލައި މޯޅިވުން

ގަސް މިލައި މޯޅިވުން

ގަސް ކުއްލިއަކަށް މިލައި މޯޅިވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ މޫތަކަށް މައްސަލައެއް ކުރިމަތިވުމެވެ. ގަހަށް ފެން ނަގައިދެނީ މޫތަކުން ކަމަށްވާތީ، މުލަށް މައްސަލަ ކުރިމަތިވުމުން ގަހަށް ބޭނުންވާ މިންވަރަށް ފެން ނަގައިދިނުމަށް ހުރަސް އެޅެނީއެވެ. އެންމެ ހޫނު ގަދަވެގެން އަންނަ ވަގުތު މޯޅިވެފައި ހަވީރު ފިނިޖެހުމުން ގަސް ރީތިވަނީ މިހެންވެއެވެ. މުލަށް ކުރިމަތިވާ އެއް މައްސަލައަކީ ގެއްލުންދޭ ނެމަޓޯޑު މުލުން ދިޔަބުއިމުން މޫތައް ގޮއްޖެހުމެވެ. އަނެއް މައްސަލައަކީ ފަސްގަނޑުގެ ތެތްކަން ހުންނަން ޖެހޭ މި...

ހުބާ ޕްލާންޓްސް
އޮސްޓްރިއާގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުވައިގެން އޭއައި އުފެއްދި ފޮޓޯތައް ގޫގުލް މެޕުން ނަގައިފި

އޮސްޓްރިއާގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުވައިގެން އޭއައި އުފެއްދި ފޮޓޯތައް ގޫގުލް މެޕުން ނަގައިފި

އޮސްޓްރިއާއަށް މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ދައްކުވައިދިނުމުގެ ގޮތުން ތިމާވެށީގެ އެކްޓިވިސްޓުން އަޕްލޯޑްކުރި އޭއައި އުފެއްދި ފޮޓޯތަކެއް ގޫގުލް މެޕްސް ސާވިސްއިން ނަގައިފި އެވެ. އެކްޓިވިސްޓް ގްރޫޕް ލެޓްޒްޓޭ ޖެނެރޭޝަން (ލާސްޓް ޖެނެރޭޝަން) އިން އުފެއްދި މި ފޮޓޯތަކުން ދައްކުވައިދެނީ ހިކިފައިވާ ކޯރުތަކާއި ފަޅުތަކާއި 2070 ވަނަ އަހަރު ފެންނާނެ ފަދަ ސްނޯލެސް އަލްޕައިން ޕިކްސްތަކެވެ. ޓެކް ޖަޔަންޓުން ގޫގުލްއިން މި ފޮޓޯތައް ނައްތާލާފައިވަނީ އެ މީހުންގެ ސިޔާސަތުތަކާ ހިލާފު ކަމަށް ބުނެ މިދިޔަ ޖޫން މަހުގެ...

އަޙްމަދު ދާއޫދު