އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްސް އުފެއްދުން އަވަސް ކުރުމަށް ސެމްސަންގް އިލެކްޓްރޯނިކްސް އިން އާ ސްޓްރެޓެޖީއެއް އާންމުކޮށްފި އެވެ.
އެ ކުންފުނީގެ މެމޮރީ ޗިޕް، ފައުންޑްރީ އަދި ޗިޕް ޕެކޭޖިންގެ ހިދުމަތް ވަން ސްޓޮޕް ފިހާރައަކަށް އިންޓަގްރޭޓްކޮށް، ޕްރޮޑަކްޝަން ޓައިމް ގާތްގަނޑަކަށް 20 ޕަސެންޓް ކުޑަކުރަން ވަނީ ނިންމައިފަ އެވެ.
ސެމްސަންގުން މިގޮތަށް ނިންމާފައި މިވަނީ ދުނިޔޭގެ ޗިޕް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސެމްސަންގުން އަންދާޒާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކުންފުނިން ވަނީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އޭއައި ޗިޕްސްގެ ޑިމާންޑް ބޮޑުވާނެ ކަމަށް އަންދާޒާކޮށްފައިވާ ގޮތަށް ތާއީދުކޮށްފަ އެވެ.
އެއް ފުރާޅެއްގެ ދަށުގައި މެމޮރީ ޗިޕްސް، ފައުންޑްރީ ގެ ހިދުމަތް އަދި ޗިޕް ޑިޒައިން ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ސެމްސަންގުން އަންނަނީ އެ ކުންފުނީގެ ހާއްސަ މަގާމުގެ ބޭނުން ހިފަމުންނެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ ޗިޕް އާކިޓެކްޗާ ވެސް ކުރިއަށް ގެންގޮސް، ގޭޓް އޯލް އެރައުންޑް (ޖީއޭއޭ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ސެކަންޑް ޖެނެރޭޝަން ތްރީ ނެނޯމީޓަރު ޗިޕްސް މާސްކޮށް އުފެއްދުމުގެ ވިސްނުން މި އަހަރުގެ ފަހު ކުއާޓަރުގައި ކުރަމުންނެވެ.
މީގެ އިތުރުން ސެމްސަންގުން ވަނީ ހައި ޕާފޯމަންސް ކޮމްޕިއުޓިން ޗިޕްތަކަށް އެންމެ ފަހުގެ 2-ނެނޯމީޓަރު ޗިޕް އުފެއްދުމުގެ މަރުހަލާ އިއުލާނުކޮށް، މާސް ޕްރޮޑަކްޝަން 2027 ވަނަ އަހަރަށް ތާވަލުކޮށްފަ އެވެ.
މި ސްޓްރެޓެޖިކް ޝިފްޓްގެ ސަބަބުން ސެމްސަންގް އަށް ކުރިއަރަމުން އަންނަ އޭއައި މާކެޓުގެ ބޭނުން ހިފައި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސެމިކޮންޑަކްޓާ އިންޑަސްޓްރީގައި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ވާދަކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!