ބައިނަލްއަގުވާމީ ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައިފި ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައި އެކަމުގައި އިސްކޮށް އުޅުނު ލީޑަރު ހައްޔަރުކޮށްފިއެވެ. މީޑިއާތަކުން ބުނީ ވެރިރަށް ލަ ޕާޒްގައި ހުންނަ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ މުރިލޯ ސްކެއާ އަށް އެއްވެ، ސަރުކާރު ވައްޓައިލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރީ މަގާމުން ދުރުކޮށްފައިވާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޖުއާން ޖޯސް ޒުނީގާ ކަމަށެވެ. އޭނަ އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރު ސަރަހައްދަށް އެއްވުމާ ގުޅިގެން ސިފައިންނާއި ފ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އައު ދައުރަށް ހުވާކުރެއްވުމަށްފަހު މޯދީގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ރަޝިޔާ އަށް އިންޑިއާގެ ބޮޑުވަޒިރު މޯދީގެ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިއީ މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން ބޭރުގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެވެ. މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވަނީ ރަޝިޔާއަށް ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ރަޝިޔާގެ ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިގޮތުގައި މޯދީ ރަޝިޔާއަށް ވަޑައިގަތުމަށް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަނީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް މިކަން ޢިއުލާން ކުރަށްވާފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޖަލަށް ފޯނާއި ޑްރަގް ވައްދާ 18 މުވައްޒަފެއް، 73.6 މިލިއަން ރުފިޔާ ޖަލުތަކަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ޝަމްނާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި 1 މިލިއަން ފަތުރުވެރިޔާ އަށް ވީ ތައިލެންޑް އަންހެނެއް މި އަހަރުގެ އެއް މިލިއަން ފަތުރުވެރިއަކަށް ތައިލެންޑްގެ އަންހެނަކު ހޮވިއްޖެއެވެ. މި ޝަރަފްވެރި މަގާމު ލިބުނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ސުޓާޕާ ރާއްޖެ އައީ 2011 ވަނަ އަހަރު ހަނީމޫނަށެވެ. އޭގެ 13 އަހަރު ފަހުން އޭނާ މިއަދު ރާއްޖެ އައީ ފިރިމީހާ އާއި ދެ ކުދިން ގޮވައިގެންނެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ. ސުޓާޕާއަށް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ "ފަލަސްތީނު ހިނގުން" ކިޔަން ނިންމީ މާލޭގެ ގޯޅިއަކަށް މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެއީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ. ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ނައީމާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރުކޮށްފި ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ. ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ. އެ މައްސަލާގައި، ތޫނު […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި ނޫމަރާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ވެސް ނޮކައުޓް ބުރަށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ޖޯޖިއާ ޖާގަ ހޯދައިފިއެވެ. ރޭ ޖޯޖިއާއިން ވަނީ 2-0 ގެ ނަތީޖާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދާފައެވެ. ރޭ މެޗަށް ޕޯޗުގަލް ނުކުތްއިރު އެ ޓީމް އޮތީ، ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ރޭ މެޗުން މޮޅުވެ ޖޯޖިއާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުންޏެެވެ. މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮންބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާއާއި ހިއް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ވައިޓް ހައުސްގެ ސޯޝަލް މީޑިއާ ނުފޫޒުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި ކޯވިޑް-19 އާއި 2020 ވަނަ އަހަރުގެ އިންތިހާބާ ގުޅޭ ޕޯސްޓްތައް ނައްތާލުމަށް ބައިޑަންގެ ސަރުކާރުން ގާނޫނާ ހިލާފަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޕްރެޝަރު ކުރި ކަމަށް ބުނާ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ. ބުދަ ދުވަހު އިއުލާނުކުރި ނިންމުން ބިނާވެފައި ވަނީ މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތުމުންނެވެ. ސޯޝަލް މީޑިއާބޭނުންކުރާ ފަސް މީހަކާއި ލުއިޒިއާނާ އާއި މިޒޫރީގެ އެޓާނީ ޖެނެރަލް ހުށަހެޅުއްވި މި ދައުވާގައި ބުނެފައިވަނީ ފޭސްބުކް އަދި އެކްސް (ކުރީގެ [... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ވިޔަފާރި މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަނީ މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަމް އިއުލާންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއްޔެ އިއުލާނެއްގައި ބުނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. ޕީސީބީން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ބޭނުންވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު ކަމަށެވެ. މި މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ. މިފްކޯގެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަން ވުމަށްފަހު އުފަން ގައުމު އޮސްޓްރޭލިއާއަށް ލަންޑަންގެ ބެލްމާޝް ޖަލުގައި 5 އަހަރު ހޭދަކުރުމަށްފަހު، ޖަލުން މިނިވަންވުމަށްފަހު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އޭނާގެ އުފަން ރަށް އޮސްޓްރޭލިއާއަށް އެނބުރި ހިނގައްޖެއެވެ. އުމުރުން 52 އަހަރުގެ އަސާންޖް ކެންބަރާ އެއާޕޯޓުން ބައްދަލުކުރީ އޭނާގެ އަންހެނުން ސްޓެލާ އާއި ބައްޕައާ އެކު ވަރަށް ޖަޒްބާތީ އިމޯޝަނަލް ބައްދަލު ކުރުމަކާއެކުގައެވެ. އަސާންޖްގެ މައްޗަށް އުފުލާފައިވާ ޕްލީ ޑީލްގައި އަސާންޖްގެ މައްޗަށް އުފުލާފައިވާ 18 ދައުވާގެ ބަދަލުގައި ގައުމީ ދިފާއީ މައުލޫމާތު ހޯދުމަށާއި ހާމަކުރުމަށް ރޭވުމުގެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެޒޯންގެ މާލިއްޔަތު 2 ޓްރިލިއަން ޑޮލަރަށް އަރައިފި އެމެޒޯން ފުރަތަމަ ފަހަރަށް ދެ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަނަކަށް ގޮސް ޓެކް ކުންފުނިތަކުގެ އެންމެ އުހަށް ޖެހިލައިފިއެވެ. އީ-ކޮމާސް އަދި ކްލައުޑް ކޮމްޕިއުޓިން ލީޑަރު އެމެޒޯންގެ ހިއްސާ ބުދަ ދުވަހު ވަނީ 3.9 ޕަސެންޓް އިތުރުވެ 193.61 ޑޮލަރަށް އަރާފައެވެ. މި ކާމިޔާބީއާއެކު އެމެޒޯން އާއި އެންވީޑިއާ، އެޕަލް، އަލްފަބެޓް އަދި މައިކްރޮސޮފްޓް ފަދަ ޓެކްނޮލޮޖީގެ އެހެން ކުންފުނިތައް ވެސް ދެ ޓްރިލިއަން ޑޮލަރުގެ ކްލަބުގައި ހިމެނެއެވެ. މި ކުރިއެރުން އެމެޒޯންއަށް ލިބިފައި މިވަނީ ޖެނެރޭޓިވް […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން