ކުޅިވަރު ފަސޭހަކަމާއިއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއަދު ހެނދުނު ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާއި ކޮސްޓަރިކާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމާއިއެކު، މުބާރާތުގައި އަމިއްލަ ބާރާއިއެކު ކުރިއަށް ދާން ބޭނުންނަމަ ބްރެޒިލްއަށް މިއަދު މެޗުން މޮޅުވުން މަޖުބޫރެވެ. ރޭ މެޗުގައި ބްރެޒިލްގެ ފަރާތުން ވަނީ މޮޅު [... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އާއިލާ އިން ގަބޫލުނުވުމުން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި މިއަދު ހެނދުނު ވަޅުލައިފިއެވެ. ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ. އާއިލާ އިން ބުނާ ގޮތުގައި ޖަމީލް މަރުވީ ކަރެކްޝަނަލް ސާވިސްގެ އޮ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ އިއްޔެ އެވެ. މި މީހުންނާމެދު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއް ދެ މުވައްޒަކު ވަނީ 5 ދުވަހަށް ބަންދުކޮށްފައެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މޮބައިލް ސްކޭމްތައް ހުއްޓުވުމަށް ޓްރޫކޯލަރ އިން ފްރޯޑް އިންޝުއަރެންސް އިފްތިތާހުކޮށްފި މަޝްހޫރު ކޯލަރ އައިޑީ ޕްލެޓްފޯމް ކަމަށްވާ ޓްރޫކޯލަރ އިން މޮބައިލް މަކަރާއި ހީލަތުން ކަސްޓަމަރުން ރައްކާތެރިކުރުމުގެ ގޮތުން ގްރައުންޑްބްރޭކިން އިންޝުއަރެންސް ޕްރޮޓެކްޝަން ޕްލޭނެއް ތައާރަފްކޮށްފިއެވެ. “ޓްރޫކޯލާ ފްރޯޑް އިންޝުއަރެންސް” ގެ ނަމުން ނަން ދީފައިވާ މި އާ އޮފާއަކީ ޑިޖިޓަލް ޒަމާނުގައި ބޭނުންކުރާ މީހުންގެ ރައްކާތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިންޑިއާގައި މިހާރު އެކްސްކްލޫސިވްކޮށް ލިބެން ހުރި މި އިންޝުއަރެންސް ޕްލޭން އަކީ އެންޑ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ހަނގުރާމަތައް ކުރަމުން އަންނަ އިރު، ހަމާސްއިން ގެންދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަނެއްކޮޅުން އިޒްރޭލްގެ ހަމަލާތައްވެސް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯސްވަމުންނެވެ. އދ.ގެ ތަރުޖަމާނަކު ސިފަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ނިންމާލައިފި މިދިޔަ މެއި މަހު ހެލިކޮޕްޓަރެއް ވެއްޓި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން އާ ރައީސަކު ހޮވުމަށް އީރާނުގައި ވޯޓުލުން ކުރިއަށް ކުރިއަށް ގެންގޮސިއެވެ. އީރާނުގެ 61.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، މި އިންތިހާބުގައި ފުޅާ ދާއިރާއެއްގައި ބޮއިކޮޓް ކުރުމާއި ސަރުކާރު އޮޅުވާލުމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ. މި އިންތިހާބުގައި ހަތަރު ކެނޑިޑޭޓުން ވާދަކުރާއިރު، ކޮންޒަވޭޓިވް ޕާޓީގެ އެންމެ ކުރީގައި ތިއްބެވީ ސައީދު ޖަލީލީ އާއި މުހައްމަދު ބަގޭރު […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު 23 އަހަރަށް ފަހު ނަޗޯ ރެއާލް ދޫކޮށްލައިފި ފާއިތުވި 23 އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ އިތުބާރު ޑިފެންޑަރ ނަޗޯ ފެނާންޑޭޒް، އެ ޓީމް ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ގާޝިއަހް އަށް ސޮއިކޮށްފިއެވެ. އަލް ގާޝިއަހް މިދިޔަ ސީޒަންގައި ވާދަކޮށްފައި ވަނީ ސައުދީގެ ދެވަނަ ފަންތީގެ ލީގުގައެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނަށް އެ ޓީމް ވަނީ ސައުދީ ޕްރޮފެޝަނަލް ލީގަށް ކޮލިފައިވެފައެވެ. ވުމާއިއެކު އެ ޓީމުން އަންނަނީ އިތުރު ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ފަށާފައި ވަނީ މި މަހު 27 ވަނަ ދުވަހު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29 ވާ ހޮނިހިރު ދުވހަގެ ރެއެވެ. މި މުބާރާތުގައި 67 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ޚަބަރު ދަރަންޏާ ބެހޭ ބިލްގެ ބަހުސްކުރަން އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ދަރަންޏާ ބެހޭ ބިލް އަވަސް ކުރަން އަންނަ އާދިއްތަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. އެޖެންޑާގައި އޮތީ ބިލާ މެދުގައި ބަހުސް ކުރުމެވެ. އެޖެންޑާގައި ދެން ހިމެނޭ ކަންކަމުގެ ތެރޭގައި ތުރުކީއަށް […] މުޙައްމަދު · 2 އަހަރު ކުރިން
ކޮލަމް ޑްރެގަންފުރުޓު ހެއްދުމަށް އެހީއެއް ކާމިޔާބުކަމާއެކު ޑްރެގަންފްރުޓް ހެއްދުމަށްޓަކައި ގަސް ނުވަތަ ކުރި އިންދާ ބިންގަނޑު ނުވަތަ ފަސްގަނޑު ރަނގަޅަށް ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑްރެގަންފްރުޓް އިންދުމަށް މިގޮތަށް ކަންތައް ކުރެވިދާނެއެވެ. އިންދާނެ ތަނެއް ކަނޑައެޅުން: އިރުގެ އަލި: ޑްރެގަންފުރުޓު ހެއްދުމަށް ދުވަހުގެ ބޮޑު ބައެއްގައި ފުރިހަމަ އިރުގެ އަލި ލިބޭ ތަނެއް އިޚުތިޔާރުކުރާށެވެ. ސަބަބަކީ ޑްރެގަންފްރުޓަކީ ތަބީޢީ ގޮތުން ކެކްޓަސް އެކޭ އެއްގޮތަށް ހަނަފަސް މާޙައުލުގައި ހެދޭ ގަހެކެވެ. ފެން ހިނދުން: ޑްރެގަންފުުޓު ގަސް އ... ހުބާ ޕްލާންޓްސް · 2 އަހަރު ކުރިން
ރާއްޖެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއީ ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގަ... މުޙައްމަދު · 2 އަހަރު ކުރިން
ކޮލަމް ''ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނުގެ ޞައްޙަ މަޢުލޫމާތު ނުލިބުމުން'' ބައެއް މުސްލިމުން ދީނާ ދުރަށް ދާން މެދުވެރިވާ ސަބަބަކީ ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ.” އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ބަޔާންކޮށްދެމުން މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މި ދީނަކީ އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، ހޭދަކުރުމާއި އަޅުކަން ކުރުމުގައި ވެސް އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. ޚުޠުބާގައި ގެނެސްދީފައިވާ ދަރުސްތަކުގެ ތެރޭގައި ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ގުޅޭ އޮޕަރޭޝަންގައި މިހާތަނަށް އެތަނުގެ 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ކަރެންޝަންގެ 9 މުވައްޒަފަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. މީގެ އިތުރުން ކާށިދޫ އިން 2 މުވައްޒަފަކު އަދި ހއ. އުތީމުން އެއް މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ”ޔުނިފޯމް ވިއްކާނަމަ“ އެކަން ޓޮލަރޭޓެއް ނުކުރާނަން: އިހުސާން ފައިސާގެ ބޭނުމުގައި ”ޔުނިފޯމް ވިއްކާނަމަ“ އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު އިހުސާން މިހެން ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވަމުންނެވެ. މިކަން ހާމަކުރުމަށް ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އައިއެސްއެސް ބިމަށް ތިރިކުރުމަށް ވެހިކަލެއް އުފެއްދުމަށް ނާސާއިން 843 މިލިއަން ޑޮލަރުދީފި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) 2030 ވަނަ އަހަރު ރިޓަޔާ ކުރާއިރު އޯބިޓުން ބޭރުކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޖައްވީ އުޅަނދެއް އުފެއްދުމަށް ނާސާއިން ސްޕޭސްއެކްސްއާ 843 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަވާލުކޮށްފިއެވެ. “ޔޫއެސް ޑިއޯބިޓް ވެހިކަލް ޑިވެލޮޕްކޮށް ޑެލިވަރީކޮށް، ސްޕޭސް ސްޓޭޝަންގެ އޮޕަރޭޝަނަލް ލައިފް 2030 ވަނަ އަހަރު ނިމުމަށް ފަހު، އެ ތަނުގެ ރައްކާތެރި އަދި ޒިންމާދާރު ޑިއޯބިޓަކަށް ތައްޔާރުވުމަށް ސްޕޭސް އެކްސް ހޮވާފައި ވޭ،” ނާސާ އިން އެކްސްގައި ބުނެފައިވެއެވެ. އަދި މި “... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން