މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުން ވެރިވެފައިވާ ސީރިއާގެ ގޮލަން ހައިޓްސްއަށް ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވެއެވެ. އަލްޖަޒީރާ ނޫހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ލުބުނާނުން ވަނީ 30 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައެވެ. މި ހަމަލާގެ އަމާޒަކީ ނަފާހުގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ. ހަމާސްގެ ބަޔާނެއްގައި ބުނެފ...

އަޙްމަދު ދާއޫދު
ތުރުކީގެ ރައީސް ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވޮޝިންޓަނަށް

ތުރުކީގެ ރައީސް ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވޮޝިންޓަނަށް

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވޮޝިންގްޓަންގައި ބޭއްވޭ ނޭޓޯ ސަމިޓްގައި ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ސަމިޓަކީ ނޭޓޯގެ 75 ވަނަ އަހަރީ ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ސަމިޓެކެވެ. މި ސަމިޓްގައި ނޭޓޯގެ 32 ޤައުމުތަކުން ބައިވެރިވެ، ފިނިހަނގުރާމައިގެ ފަހުން އެންމެ ނުރައްކާތެރި ސަލާމަތީ މާހައުލެއް ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ނޭޓޯގެ 1 ބިލިއަން ރައްޔިތުން ރައްކާތެރިކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާނެއެވެ. މި ސަމިޓްގައި މައިގަނޑު ގ...

އަޙްމަދު ދާއޫދު
16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް

16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ އެލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސުންނެވެ. މި ލަނޑު ނުވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި

ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި

މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އޭގެ ތެރެއިން ހ. އީވާއު […]

ހުސައިން ހަބީބް
ޤުރުއާނާއި، ޤުރުއާނާއި ގުޅުންހުރި މާއްދާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަދީފި

ޤުރުއާނާއި، ޤުރުއާނާއި ގުޅުންހުރި މާއްދާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަދީފި

ކީރިތިޤުރުއާނާއި އަދި ޤުރުއާނާއި ގުޅުންހުރި އެކި މާއްދާތައް އޮންލައިންކޮށް ކިޔެވެމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދީފިއެވެ. އެމްކިއުއޭއިން ބުނިގޮތުގައި މި ހުއްދަ ދީފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފާގެމަތިންނެވެ. މިގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭހެން އޮންލައިންކޮށް ކިޔަވައިނު...

ޔުމްނާ ޢަލީ
ފީވަކު ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް މާދަމާ ފަށަނީ

ފީވަކު ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް މާދަމާ ފަށަނީ

ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” މާދަމާ ފަށާނެއެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ހިތްވަރު، ޓީމް ކަމަނަ، ޓީމް ސްޓްރައިކްސްގެ އިތުރުން ޓީމް ވިނާސްއެވެ މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. […]

އިބްރާހިމް ޚަލީލް
ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަނީ

ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ވޭނަކުން ބާރު ގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މާލޭގެ ގަލޮޅުކަންމަތީގައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއީ ނުރައްކާތެރި ގޮވުމުގެ އަޑު ނޫންކަން ސިފައިން، ފުލުހުންނަށް ޔަގީންކޮށްދީފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަޑުފައްގަނޑު އިވުނީ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށ...

ޔުމްނާ ޢަލީ
އެމްއެމްޕީއަރްސީގެ ޑީއެމްޑީ ބައްސާމް ވަކިކޮށްފި

އެމްއެމްޕީއަރްސީގެ ޑީއެމްޑީ ބައްސާމް ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް މަގާމުން ވަކިކޮށްފިއެވެ. ބައްސާމް މަގާމުން ވަކިކުރުމަށް އެމްއެމްޕީއާރްސީގެ ބޯޑުން ނިންމައި އެކަން އޭނާއަށް އެންގީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، ބައްސާމް ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެން އެމްއެމްޕީއާރުސީން ވެސް ވަކި އެއްޗެއް ނުބުނެއެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުުގެ މަގާމުގައި ހުރި ފާތިމަތު ތައުފީގު (ކުޑީ) ވެސް މީގެކުރިން ވަނީ ވަކިކ...

މުޙައްމަދު
ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގާ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި

ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގާ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ރީޓެއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބިދޭސީންގެ ބޮޑެއް ރޭ އަތުލައިގެންފިއެވެ. އިމިގްރޭޝަނުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފ...

މުޙައްމަދު
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ޖުލައި ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް […]

މުޙައްމަދު
ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފި

ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނދުފަތި ހަރުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހު ރ.އުނގޫފާރުގެ އިރުން 6 މޭލު ބޭރުގައި ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި ވެސް ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު […]

އިބްރާހިމް ޚަލީލް
ވަޓްސްއެޕްގެ ޗެނަލްތަކުގެ ވެރިފިކޭޝަން ޗެކް މާކް ކުލަ ބަދަލުވަނީ

ވަޓްސްއެޕްގެ ޗެނަލްތަކުގެ ވެރިފިކޭޝަން ޗެކް މާކް ކުލަ ބަދަލުވަނީ

ވަޓްސްއެޕުން މިހާރު ބޭނުންކުރަމުންދާ ޗެނަލްތަކުގެ ވެރިފިކޭޝަން ޗެކް މާކްގެ ކުލަ ބަދަލުކުރުމަށް ނިންމައިފިއެވެ. މިގޮތުން މިހާރު ބޭނުންކުރަމުންދާ ފެހި ކުލައިގެ ޗެކް މާކް، ނޫ ކުލައަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ބޭނުންކުރާ ޗެކް މާކްގެ ކުލައާ އެއްގޮތްކުރުމެވެ. މިކަމުގެ ސަބަބުން މެޓާގެ އެޕްތަކުގައި ބޭނުންކުރާ ވެރިފިކޭޝަން ޗެކް މާކްތައް އެއްގޮތްވެގެންދާނެއެވެ. ފީޗަރ ޓްރެކަރ ވާބެޓާއިންފޯއިން ބުނެފައިވާ ގޮތުގައި މި އައު ނޫ ކުލައިގެ ޗ...

އަޙްމަދު ދާއޫދު
ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް އެ އަތޮޅު ފުނަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް 34 ބައިވެރިންނާއިއެކު ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. […]

އިބްރާހިމް ޚަލީލް
ފަރަންސޭސި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ފަރަންސޭސި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، މިހާރުގެ ބޮޑުވަޒީރު ގެބްރިއެލް އަޓާލް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ. އާދީއްތަ ދުވަހު ބޭއްވުނު މި އިންތިޚާބުގައި ރައީސް އެމެނުއެލް މެކްރޮންގެ އިއްތިހާދު ދެވަނައަށް ދިޔުމާއެކު، އައު ސަރުކާރެއް އެކުލަވާލުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. 557 ގޮނޑީގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ނިއު ޕޮޕިއުލަރ ފްރަންޓް...

އަޙްމަދު ދާއޫދު
ޣައްޒާގެ އިރުމަތީ ސަރަޙައްދު ހުސްކުރުމަށް އިޒްރޭލުން އަމުރުކޮށްފި

ޣައްޒާގެ އިރުމަތީ ސަރަޙައްދު ހުސްކުރުމަށް އިޒްރޭލުން އަމުރުކޮށްފި

ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކުން ފަލަސްތީނު ރައްޔިތުން ނުކުތުމަށް އިޒްރޭލުގެ ސިފައިން އަމުރުކޮށްފިއެވެ. މިކަމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ފަލަސްތީނު މީހުން އެމީހުންގެ ގެދޮރު ދޫކޮށް ނުކުންނަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާކުރުމަށް މިސްރު އަދި ގަތަރުގައި ބައްދަލުވުންތަކެއް މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް...

އަޙްމަދު ދާއޫދު